ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ކޮޓަރިއެއް ކުއްޔަށް ހިފުން

މި ސިއްޙީމަރުކަޒުގެ ވަގުތީ ބޭނުމަށް ގެނެވޭ ބިދޭސީ މުވައްޒަފަކު ބެހެއްޓުމަށް ފ. ދަރަނބޫދޫއިން ކޮޓަރިއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. ކުއްޔަށް ދޫކުރެވޭ ތަނުގައި ކައްކައި ކެވޭނެ އިންތިޒާމް ކުއްޔަށް ދޫކުރާ ފަރާތުން ހަމަޖައްސައި ދޭންވާނެއެވެ.

ކޮޓަރި ކުއްޔަށް ހިފުމަށް ބޭނުންވާ މުއްދަތު: 26 މާރިޗް 2025 އިން 03 މެއި 2025 އަށް (39 ދުވަސް)

ވީމާ، ދަންނަވާފައިއެވާ ފަދަ ތަނެއް މި މުއްދަތުގައި ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 މާރިޗް 26 ވަނަ ދުވަހުގެ ރޭ 20:00 ގެ ކުރިން މި ސިއްޙީމަރުކަޒަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ފޮނުއްވާނީ މި މަރުކަޒުގެ އީމެއިލް [email protected]  ނުވަތަ [email protected] އަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6740688، 7664422 އަށް ގުޅުއްވުން އެދެމެވެ.

23 މާރިޗު 2025
ހޯދާ