އިޢުލާން
|
ވަޒީފާގެ ފުރުޞަތު: |
މަޤާމް:
|
ޕްރޮޖެކްޓް އޮފިސަރ
|
މަޤާމުގެ ކުލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ރޭންކް:
|
MS1
|
މުސާރަ:
|
5610:00 ރުފިޔާ
|
އެހެނިހެން ޢިނާޔަތްތައް:
|
- ސަވިސް އެލަވަންސް: 2000:00 ރުފިޔާ
- މި މަޤާމުގެ މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމު ބޭނުންވާ
ސެކްޝަން:
|
އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް
|
މަސައްކަތް ކުރަންޖެހޭ ތަނާއި، ރަށް:
|
ލ. މާމެންދޫ ކައުންސިލްގެ އިދާރާ ލ. މާމެންދޫ
|
މަޤާމުގެ ޝަރުތުތައް:
|
- ޕްލޭނިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމަންޓް، ނުވަތަ އޮފީސް މެނޭޖްމަންޓް، ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ކޮމްޕިއުޓިންގ، ނުވަތަ އެކައުންޓިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓުގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ޕްލޭނިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމަންޓް، ނުވަތަ އޮފީސް މެނޭޖްމަންޓް، ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ކޮމްޕިއުޓިންގ، ނުވަތަ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
- ޕްލޭނިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖުމަންޓް، ނުވަތަ އޮފީސް މެނޭޖްމަންޓް، ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ކޮމްޕިއުޓިންގ، ނުވަތަ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޕްލޭނިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމަންޓް، ނުވަތަ އޮފީސް މެނޭޖްމަންޓް، ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ކޮމްޕިއުޓިންގ، ނުވަތަ އެކައުންޓިންގގެ ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- މާމެންދޫ ކައުންސިލް އިދާރާއިން ތައްޔާރުކުރެވިފައިވާ 5 އަހަރުދުވަހުގެ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ޕްރޮޕޯސަލް ތައްޔާރުކޮށް، ޕްރޮޖެކްޓްތައް ހޯދަން މަސައްކަތްކުރުން.
- ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޢާންމު މަޢުލޫމާތުތައް ހޯދުމާއި، ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ފައިނޭންސް ޔުނިޓާ ގުޅިގެން މަސައްކަތްކުރުން.
- ޕްރޮޖެކްޓްތަކާބެހޭ ޢާންމު މަޢުލޫމާތުތައް ރައްޔިތުންނަށް ހާމަކުރުން.
- ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ހަދަންޖެހޭ އެގްރީމެންޓްތަކާއި، އެކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޑޮކިޔުމެންޓްތައް ތައްޔާރުކުރުން.
|
މީހުން ހޮވުމުގައި
ބަލާނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީން.
- ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.
- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.
|
އިންޓަވިއުކުރުމާއި، އިމްތިޙާންކުރުން:
|
ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން މި މަޤާމަށް އެދުނު ފަރާތްތަކަށް އެންގޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ސިވިލްސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފުކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
|
ސުންގަޑި
|
2015 އޮގަސްޓު 20 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މި އިދާރާއަށް.
|
އިތުރު މަޢުލޫމާތު
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800705 ނަންބަރު ފޯނާއެވެ.
|
25 ޝައްޥާލް 1436
|