ދިވެހިރާއްޖެ
މިއަހަރުގެ ފިތުރުޢީދުގެ ސައި ތައްޔާރުކޮއްދޭނެ ފަރާތެއް ހޯދުމާބެހޭ
މިކައުންސިލާއި، އަންހެނުންގެ ތަރަށްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން 1446ވަނައަހަރުގެ ފިތުރުޢީދު ދުވަހު ރައްޔިތުންނަށް ބޭއްވުމަށް ހަމަޖެހިފައިވާ ޢީދުސައި ތައްޔާރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
- ޢީދު ސައި ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި
- ކޭޓްރިންގެ ހިދުމަތް
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 މާރިޗް 26 ވާ ބުދަ ދުވަހުގެ ރޭ 22.00 ގައި އދ.މާމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބޭއްވޭ ބައްދަލުވުމުގައި ޢީދު ސަޔާގުޅޭ މަޢުލޫމާތުސީޓް ޙަވާލު ކުރެވޭނެ އެވެ.
އަދި މަޢުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ނުލިބޭނެވާހަކަވެސް ދަންނަވަމެވެ.
ބިޑް ހުށައެޅުން އޮންނާނީ 2025 މާރިޗް 27 ވަނަދުވަހުގެ 22:00 ގައި އދ.މާމިގިލީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ .