އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވި މަސްދަޅުކޭސް ލިބިފައިނުވާ ހިތަދޫގެ ގޭބިސީތަކަށް ބެހުމާއިގުޅޭ

އިޢުލާން

 

ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވި މަސްދަޅުކޭސް ލިބިފައިނުވާ ހިތަދޫގެ ގޭބިސީތަކަށް ބެހުމާއިގުޅޭ

ހިތަދޫއަށް ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވިމަސްދަޅުކޭސް ބެހުމުގައި، ބައެއް ގޭބިސީތަކަށް ލިބިފައިނުވާކަން ފާހަގަކުރެވިފައިވާތީ، އެ ފަރާތްތަކަށް ބެހުމަށްޓަކައި 518 މަސްދަޅުކޭސް އިތުރަށް އައްޑޫސިޓީކައުންސިލަށް ވަނީ ލިބިފައެވެ.

އެހެންކަމުން ކުރިން މަސްދަޅުކޭސް ލިބިފައިނުވާ ގޭބިސީތަކަށް މަސްދަޅުކޭސް ދޫކުރުމުގެ މަސައްކަތް އަންނަނިވި ގޮތަށް ކުރިއަށްގެންދެވޭނެ ވާހަކަ ދަންނަވަމެވެ.

ތާރީޙް: 24 މާރޗް 2025 އިން 27 މާރޗް 2025 އަށް.

ގަޑި: ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 13:00 އަށް

ތަން: ހިތަދޫ އަވަށު އޮފީހުގެ ކުރީގެ އިމާރާތް

ގޭބިސީތަކުން މަސްދަޅު ކޭހާއި ހަވާލުވުމަށް އަންނަ ފަރާތްތަކުން އަންނަނިވި ލިޔެކިއުންތައް ގެނައުން އެދެމެވެ.

1.ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު

2. ކަރަންޓް ބިލު

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

23 ރަމަޟާން 1446

23  މާރިޗް  2025

23 މާރިޗު 2025
ހޯދާ