ދިވެހިރާއްޖެ
ހއ.އިހަވަންދޫ ކައުންސިލްގެ ވެހިކަލްތައް ކުއްޔަށްދިނުމުގެ އުޞޫލަށް 4 ވަނަ އިސްލާހު ގެނައުން
ހއ.އިހަވަންދޫކައުންސިލްގެނަންބަރު(PP)248ESMSMS/248/2024/05 (ހއ.އިހަވަންދޫ ކައުންސިލްގެ ވެހިކަލްތައް ކުއްޔަށްދިނުމުގެ އުޞޫލު)ގެ 4 ވަނަ އިޞްލާޙު
- 1. ބުނެވި ދިޔަ އުސޫލުގެ 4 ވަނަ މާއްދާ (ވެހިކަލް ދޫކުރާ އަގުތައް) އަށް (ކ) އިތުރު ކުރުން.
4. ވެހިކަލް ދޫކުރާ އަގުތަށް: (ކ) ޕަސެންޖަރ ބަގީ (ގޮލްފް ކާޓު)
1. އާންމު ފަރުދުންނަށް ގަޑި އިރަކަށް -/50 (ފަންސާސް) ރުފިޔާ
2. ވިޔަފާރި / ކުންފުނި / މުއައްސަސާ ތަކަށް ގަޑި އިރަކަށް -/100 (ސަތޭކަ( ރުފިޔާ
- 2. ބުނެވި ދިޔަ އުޞޫލުގެ 5 ވަނަ މާއްދާ (ވެހިކަލްތައް ކުއްޔަށް ދިނުމުގައި ބަލާނެ މިންގަނޑުތައް) ގެ (ށ) އިޞްލާޙުކުރުން.
5. ވެހިކަލްތައް ކުއްޔަށް ދިނުމުގައި ބަލާނެ މިންގަނޑުތައް:
(ށ) ޕަސެންޖަރ ބަގީ (ގޮލްފް ކާޓު) އަދި ރަށު ޕިކަޕު ކުއްޔަށް ދޫކުރާނީ މަދުވެގެން 30 (ތިރީސް) މިނެޓަށެވެ. މިގޮތަށް ކުއްޔަށް ދިނުމުގައި އަގު ނަގާނީ ގަޑިއިރަކަށް ޖެހޭ ރޭޓުން ބަލައިގެންނެވެ. އަދި އިތުރުވާ ވަގުތަށް އަގު ނަގާނީ ފަހަރަކު ބައިގަޑިއިރަކުން އިތުރުކުރާ ގޮތަށެވެ.
- 3. މި އިސްލާހަށް ޢަމަލުކުރަން ފަށާނީ 23 މާރިޗު 2025 އިން ފެށިގެންނެވެ.