ދިވެހިރާއްޖެ
ރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑާޓާ ނެގުމާއި ގުޅޭ.
ރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު (ބަޔޯމެޓްރިކް ޑާޓާ) 1 އެޕްރީލް 2025 ގެ ކުރިން އަދާހަމަ ކުރުމަށް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަންގާފައިވާތީ، މިހާރު ބަޔޯ މެޓްރިކް ޑާޓާ މިކައުންސިލާ ހިއްސާކޮށްފައިނުވާ ރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ޑާޓާ، 30 މާރިޗު 2025 ގެ ކުރިން ހިއްސާކުރުމަށް ދަންނަވަމެވެ.
- ބަޔޯ މެޓްރިކް ޑާޓާ ނެގުމުގެ މަސައްކަތް ކުރިއަށް ދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 10:30 – 14:00 އަށް.
- މައުލޫމާތި ހިއްސާކުރުމަށް ވަޑައިގަންވާއިރު އެންމެ ފަހުގެ ޕާސްޕޯޓު ނުވަތަ ޕާސްޕޯޓުގެ ފޮޓޯ އެއް ނުވަތަ ވޯކު ވިސާ ގެންނެވުމަށް ދަންނަވަމެވެ.
- މިކަމަކާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް 9676266 ގުޅުއްވުން އެދެމެވެ.
ވީމާ، ރަށުގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން މިހާރު ބަޔޯމެޓްރިކް ޑޭޓާ ނުނެގި ހުރި އެންމެހާ ފަރާތްތަކުން 30 މާރިޗު 2025 ގެ ކުރިން ކައުންސިލަށް ހާޒިރުވެ ބަޔޯމެޓްރިކް ޑާޓާ ހިއްސާކުރުމަށް އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ. މިތާރީހުގެ ފަހުން ބަޔޯމެޓްރިކް ޑޭޓާ ނެގިފައިނުވާ ބިދޭސީ ފަރާތްތަކާއިމެދު ސަރުކާރުން ނިންމަވާ ގޮތެއްގެ ދަށުން ފިޔަވަޅު އެޅިގެންދާނެއެވެ. މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
24 ރަމަޟާން 1446