ދިވެހިރާއްޖެ
ނ.އަތޮޅު މަދަރުސާގައި މަލްޓިޕާރޕަސްހޯލެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް
ނ.އަތޮޅު މަދަރުސާއިން ދޭ ކުރެހުމާ އެއްގޮތަށް މަލްޓިޕާރޕަސްހޯލެއް އަމިއްލަ ތަކެތިގައި ޢިމާރާތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނ.އަތޮޅު މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ނ.އަތޮޅު މަދަރުސާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
ޕްރީބިޑް މީޓިންގ |
އަންދާސީހިސާބު ހުށަހެޅުމަށް |
17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 13:00 |
24 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 13:00 |
6 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560003 ނަންބަރު ފޯނާއެވެ.
21 ޝައްވާލް 1436