ދިވެހިރާއްޖެ
މި އިޢުލާންވަނީ 23 މާރިޗު 2025 13:56 ގައި ބާތިލް ކުރެވިފައެވެ.
ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން 20 އޭޕްރީލް 2025 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2025" ގެ މެޗްތައް ކުރިޔަށް ދާ ވަގުތުތަކުގައި އެ ސަރަޙައްދުގައި ކެންޓީން އަދި ގާޑިޔާ ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކޮށް ބީލަން ސިޓީ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރާތް ކުރިޔަށް ދާނީ 20 އޭޕްރީލް 2025 އިން 08 މެއި 2025 ވަނަ ދުވަހުގެ ނިޔަލަށް، ކެނދިކުޅުދޫ ޓާފް ފުޓުބޯޅަ ދަނޑުގައެވެ.
ކެންޓީން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ:
އަދަދު |
ބާވަތް |
ތަން |
ތަނުގެ ބޮޑުމިން |
އެންމެ ކުޑަ އަގު |
2 |
ކެންޓީން |
ދަނޑުގެ އުތުރު އަދި ދެކުނު ފަރާތް |
09'*'19 |
ދުވާލަކަށް -/500ރ |
6 |
މޭޒު/ގާޑިޔާ |
ދަނޑުގެ ހުޅަނގު އަދި އިރުމަތީ ފަރާތް |
09'*'10 |
ދުވާލަކަށް -/200ރ |
ކުއްޔަށް ދޫކުރާތަނަށް ބޭނުންވާ ކަރަންޓް ނެގޭނެ އިންތިޒާމް ކައުންސިލުން ހަމަޖައްސައި ދެވޭނެއެވެ. ކަރަންޓް ފީގެގޮތުގައި ކޮންމެ ކެންޓީނަކަށް ދުވާލަކަށް 50ރ އަދި ގާޑިޔަލަކަށް ދުވާލަކަށް 30ރ ގެމަގުން މުބާރާތުގެ މުއްދަތަށް ޗާޖު ކުރެވޭނެއެވެ. ކެންޓީނުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި އަދި އުފެދޭ ކުނި މެނޭޖް ކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް ބީލަން ސިޓީ ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރެވޭނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށެވެ. އަދި 2 ފަރާތުން އެއް އަގެއް ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރާނެ ފަރާތެއް ހޮވާނީ ގުރުއަތުންނެވެ. ކޮންމެ ފަރާތަކަށްވެސް ސިޓީ ހުށަހެޅޭނީ އެއް ސްލޮޓްއަށެވެ. އެއް ސްލޮޓްއަށް ވުރެއިތުރަށް އެއް ފަރާތްތަކުން ސިޓީ ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ސިޓީއެއް ބާޠިލް ކުރެވޭނެއެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ކައުންޓަރު ނަންބަރު 6560668 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލްގެ މުނިސިޕަލް އަދި ޕްރޮޖެކްޓްސް ވައިބަރ ނަންބަރު، 9442745 އަށް ވައިބަރ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
ބީލަން ނުވަތަ ސިޓީ ކަރުދާހުގެ ހާޑް ކޮޕީ ހުށަހަޅުއްވަންވާނީ ސިޓީއުރައިގާ ބަންދު ކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ކެންޓީން / ގާޑިޔާ ހިންގުމަށް" މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ޖެހުމަށް ފަހުގައެވެ.
ވީމާ، "ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2025" ކުރިއަށްދާ މުއްދަތުގައި އެސަރަހައްދުގައި ކެންޓީން/ގާޑިޔާ ހިންގުމަށް، ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީ ބަލައިގަތުމާއި ހުޅުވުން އޮންނާނީ 3 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ. އިޢުލާނާއެކު ގާޑިއާ އަދި ކެންޓީން ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދު އެނގޭނެ ކުރެހުން އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
23 ރަމަޟާން 1446