ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
އެއަރކޯނެއް ބެހެއްޓުމަށް

މިޑިޕާޓްމަންޓުގެ ސާވަރރޫމުގައި 24000 ބީ.ޓީ.ޔޫ (ސައުވީސް ހާސް) ބީ.ޓީ.ޔޫ ގެ އެއަރކޯނެއް އަމިއްލަ ތަކެތީގައި ބެހެއްޓުމަށްޓަކައި ކުރި IUL)133-AS/1/2015/23) ނަންބަރުގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިޑިޕާޓްމަންޓުގެ ސާވަރރޫމުގައި 24000 ބީ.ޓީ.ޔޫ (ސައުވީސް ހާސް) ބީ.ޓީ.ޔޫ ގެ އެއަރކޯނެއް އަމިއްލަ ތަކެތީގެ ބަހައްޓައި އިންސްޓޯލް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

24 ޝައްވާލް 1436

09 އޮގަސްޓް 2015
ހޯދާ