އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަކާއި އިޖްތިމާޢީ ބިންތަކުގެ އިން ވަކިކުރުމަށް ބޭނުންވާ ފެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ރަށުގެ މަގުތަކާއި އިޖްތިމާޢީ ބިންތަކުގެ އިން ވަކިކުރުމަށް ބޭނުންވާ ފެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ރަށުގެ މަގުތަކާއި އިޖްތިމާޢީ ބިންތަކުގެ އިން ވަކި ކުރުމަށް 1100މީޓަރުގެ ޕީވީސީ ފެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 7 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް/ ބިޑް ބައްލަވާ ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރުމުގެ ފީއަކީ -/500ރ އެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ،  [email protected]  މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަމާއި ގުޅޭގޮތުން ވަކި ޙާއްސަ ޕްރީބިޑް މީޓިންގ އެއް ނޯނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް އިޢުލާނާއެކީގައި ޢާންމުކޮށްފައިވާނެއެވެ.  
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 9 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 14 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                           19ރަމަޟާން 1446

                         19 މާރިޗު 2025                 

19 މާރިޗު 2025
ހޯދާ