މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ށ. ފުނަދޫ އައިސްޕްލާންޓްގެ ސިވިލް މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުން

އިޢުލާން ނަންބަރު: 134-PRO/I/2025/62

ތާރީޚް: 20 މާރިޗް 2025

 

ށ. ފުނަދޫ އައިސްޕްލާންޓްގެ ސިވިލް މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުން

ށ. ފުނަދޫ އައިސްޕްލާންޓްގެ ސިވިލް މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު:        134-PROC/I/2025/16(28 ޖަނަވަރީ 2025) ގެ އިޢުލާނަށް އެކަށީގެންވާ އަގެއް ލިބިފައިނުވާތީ އަދި މަސައްކަތްތަކަށް އިތުރު ބަދަލުތަކެއް ގެނެފިފައިވާތީ، މިދެންނެވި އިއުލާން ބާތިލްކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.

މިއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑް (މިފްކޯ) ގެ ފަރާތުން ށ.ފުނަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އައިސްޕަލާންޓްގެ ސިވިލް މަސައްކަތްކުރުމަށް ކޮންޓްރެކްޓަރ ހޯދުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. މިމަސައްކަތްކުރާނީ މިފްކޯއިން ކަނޑައަޅާފައިވާ އިންޖީނިއަރެއްގެ ބެލުމުގެދަށުންނެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންއަށްފަހު، ބައިވެރިވެލެއްވި ފަރާތްތަކަށް އާރް.އެފް.ޕީއާއި ބީ.އޯ،ކިއު އީމެއިލް ކޮށްދެވޭނެވާހަކަ ދަންނަވަމެވެ.

ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް

ތާރީޙް

ވަގުތު

މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރީ  ކުރުން (އޮންލައިންކޮށް)

އީމެއިލް މެދުވެރިކޮށް [email protected]

23 މާރިޗް 2025

ހެނދުނު 11:00ގެ ކުރިން

މަޢުލޫމާތު ދިނުމުގެ ސެޝަން

މިފްކޯ ހެޑް އޮފީސް / މީޓިން ރޫމްގައި

23 މާރިޗް 2025

މެންދުރު 14:00 ގައި

މަޢުލާމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަނެވޭ ފަރާތަކުން އޮންލައިންކޮށް ބައިވެރިވެ ވަޑައިގަތުމަށް ނަންފޮނުވާ ރަޖިސްޓްރީ ކުރުން

  އީމެއިލް މެދުވެރިކޮށް

 [email protected]

(އީމެއިލްގައި އޮންލައިންކޮށް ބައިވެރިވެލެއްވުމަށް ޖެއްސެވުނެ އެދެމެވެ)

23 މާރިޗް 2025

ހެނދުނު 11:00ގެ ކުރިން

ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

އީމެއިލް މެދުވެރިކޮށް [email protected]

25 މާރިޗް 2025

މެންދުރު 01:00ގެ ކުރިން

ބީލަން ހުށައެޅުން

އީމެއިލް މެދުވެރިކޮށް [email protected]

25 މާރިޗް 2025

މެންދުރު 01:00ގެ ކުރިން

ބީލަން ހުޅުވުން

 މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް

25 މާރިޗް 2025

މެންދުރުފަހު  02:00ގައި

 

މި ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައާއި ބީލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ  [email protected] އަށެވެ.

- އިޢުލާން ނަންބަރު

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރު

- އީމެއިލް އެޑްރެސް

ނޯޓް:  ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި  [email protected]  އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

20 މާރިޗު 2025
ހޯދާ