ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2025/035

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

އޮފިސަރ، ވެއާރހައުސް

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް

ބޭނުންވާ އަދަދު:

02

މަސްޢޫލިއްޔަތު:

-        ކުންފުނީގެ އޮޕަރޭޝަނަށް ބޭނުންވާ މުދާތައް ބަލައިގަތުމާއި ދޫކުރުން.

-        އިންވެންޓްރީ ބެލެހެއްޓުން.

-        އިންވެންޓްރީ  ރިޕޯޓްހެދުން.

-        އެސް.އޭ.ޕީ ސިސްޓަމަށް ޑޭޓާ އެންޓްރީކުރުން.

ޝަރުތުތައް:

-        ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން.

-        މަސައްކަތުގެ ދާއިރާއިން ތަޖްރިބާ ލިބިފައިވުން.

-        މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

-        ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން.

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 25 މާރޗް 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

20 މާރޗް 2025

20 މާރިޗު 2025
ހޯދާ