ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ
މިސެންޓަރުން ހިންގާ ކޯސްތަކުގެ ބައެއް މާއްދާތަކުގެ ސްޓަޑީގައިޑް ލިޔުމަށާއި ކުރިން ލިޔެފައިވާ ބައެއް ސްޓަޑީގައިޑް މުރާޖަޢާކޮށް އިޞްލާޙު ކުރަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.
|
ކޯސް |
މާއްދާ |
މަސްއކަތް |
1 |
ބެޗެލަރ އޮފް އެޑިޔުކޭޝަން-ޕްރައިމަރީ |
ކޮމްބައިންޑް ސައިންސް 1 |
ސްޓަޑީގައިޑް ލިޔުން |
ޓީޗިންގ އެންޑް ލާރނިންގ މެތެމެޓިކްސް 1 ފޯރ ޕްރައިމަރީ |
|||
ޓީޗިންގ އެންޑް ލާރނިންގ އިންގްލިޝް 1 |
|||
އިންޓްރޮޑަކްޝަން ޓު ސްޕެޝަލް އެޑިޔުކޭޝަން |
|||
2 |
ބެޗެލަރ އޮފް ނަރސިންގ |
ކޮމިއުނިޓީ ހެލްތު ނަރސިންގ ސްޓަޑީސް 1 |
ސްޓަޑީގައިޑް ލިޔުން |
3 |
ބެޗެލަރ އޮފް ޓީޗިންގ އިސްލާމް |
އެނަލިޓިކަލް ޙަދީޘް (ޙަދީޘް) |
ސްޓަޑީގައިޑް ލިޔުން |
އެނަލިޓިކަލް އެގްޒެގެސިސް 1 (ތަފްސީރު) |
|||
ކްލާސްރޫމް މެނޭޖްމެންޓް |
|||
4 |
ޑިޕްލޮމާ އިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން |
މޯލްޑިވިއަން ލީގަލް ސިސްޓަމް |
މުރާޖަޢާކޮށް އިޞްލާޙު ކުރުން |
އިންޓްރޮޑަކްޝަން ޓު ޖުޑިޝަލް އެޑްމިނިސްޓްރޭޝަން |
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345192 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
24 ޝައްވާލް 1436