ދިވެހިރާއްޖެ
އެއްބަސްވުމެއްނެތި ރަށުގެ އެކި ސަރަހައްދު ތަކުގައި ވިޔަފާރި އުސޫލުންނާއި، އަމިއްލަ ބޭނުންތަކަށް ބޭނުންކުރަމުންދާ ބިންތަކާއި، ހަރުގެ / ބިން ބޭނުންކުރަމުންދާ ފަރާތްތަކުން 2025 އޭޕްރީލް 6 ވާ އާދިއްތަ ދުވަހުގެ ކުރިން މިކައުންސިލްގައި ނޯޓު ކުރުމަށް ދަންނަވަމެވެ. އަދި ދެންނެވުނު ތާރީޚުން ފެށިގެން އެބިންތައް ސާފުކުރުމަށްފަހު 1 މަސް ދުވަހުގެ ތެރޭގައި މި ކައުންސިލަށް އެކަން ލިޔުމުން އަންގާ ކައުންސިލާއި ބިން ހަވާލުކުރުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ބިން ހުސްކޮށް ކައުންސިލާއި ހަވާލު ނުކުރެވޭނެނަމަ، ނުކުރެވޭ ސަބަބު ބަޔާންކޮށް 2025 އޭޕްރީލް 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން އެކަން މި ކައުންސިލަށް އެންގެވުމަށް ދަންނަވަމެވެ.
2025 އޭޕްރީލް 6 ގެ ކުރިން ނޯޓު ނުކުރާ ބިންތަކާއި، 1 މަސް ދުވަހުގެ ތެރޭގައި ބިންސާފުނުކޮށް އަދި ސަބަބާއެކު އެކަން ލިޔުމުން މިކައުންސިލަށް ނާންގާ އެންމެހާ ބިންތަކުގައިވާ މުދަލާއި ތަކެތި، އެއީ ވެރިއެއް ނެތް ތަކެތިކަމަށް ކަނޑައަޅާ މި ތަކެތި ނީލަމުގައި ވިއްކާލާ ނުވަތަ ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެވާހަކަ ދަންނަވަމެވެ. އަދި މި ބިންތަކުގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރުމުގެ ފުރުޞަތު ނުދީ މަސައްކަތް ހުއްޓުވުމުގެ ބާރު މި ކައުންސިލަށް ލިބިގެން ވެއެވެ. އަދި މަސައްކަތް ހުއްޓުވުމާއި ތަންހުސްކުރުމުގެ މަސައްކަތުގެ މަރުހަލާގައި މުދަލަށް ލިބިދާނެ ގެއްލުމަކާއި، މާލީ ގޮތުންވެސް ލިބިދާނެ އެއްވެސް ގެއްލުމަކާއި އަދި އެނޫންގޮތަކުންވެސް ލިބިދާނެ ގެއްލުމަކަށް އަލިފުށީ ކައުންސިލް ޒިންމާނުވާނެ ވާހަކަ ދަންނަވަމެވެ.
ބިމުގެ މައުލޫމާތު ނޯޓުކުރާ ލިންކް: https://forms.gle/rH5Wpy3QP7a8w2V87
މިހެންވެ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
19 ރަމަޟާން 1446