ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބ.ތުޅާދޫގައި ބަނދަރު ޕޯސްޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- · ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:
ބީލަން ހުށަހެޅުމަށް 2025 މާރިޗު 19 ން 2025 އޭޕްރީލް 09 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށްތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/YsrsYf5ZTP
- ·ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:
އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- · އިތުރު މަޢުލޫމާތު ސާފުކުރުން:
މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 2025 އޭޕްރީލް 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލަށް މެއިލްކުރެއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ޕްރޮކިއުމަންޓް ޔުނިޓް
ތުޅާދޫ ކައުންސިލް އިދާރާ / ބ. ތުޅާދޫ
ފޯން: 6600043
އީމެއިލް: [email protected]
- · ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2025 އޭޕްރީލް 15 ވާ އަންގާރަ ދުވަހުގެ 10:15ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.