ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާ 2025

މި އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ އާއި ގުޅޭގޮތުން 15 ފެބްރުއަރީ 2025 ގައި ކުރެވުނު އިޢުލާން ނަންބަރު  TTAM/IUL/141/2025/003 އާއި 13 މަރިޗު 2025 ގައި ކުރެވުނު އިޢުލާން ނަންބަރު  TTAM/IUL/141/2025/004 އަދި 14 މަރިޗު 2025 ގައި ކުރެވުނު އިޢުލާން ނަންބަރު  TTAM/IUL/141/2025/005 އާއި ޙަވާލާދީ ދަންނަވަމެވެ.

20 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެރޭ 21:30  ހ.ބޯޅަގެ ސެމިނަރ ރޫމް ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ  މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 27 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެރޭ 21:30  ހ.ބޯޅަގެ ސެމިނަރ ރޫމް ގައި ކަމުގައި ދަންނަވަމެވެ.

ހިންގާ ޤަވާއިދުގެ 15 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުރިހަމަ މެމްބަރެއްގެ ގޮތުގައި އެސޯސިއޭޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކުން ތަމްޘީލް ކުރާނެ ޢާންމު ފަރުދަކު އެފަދަ ކްލަބް، ޖަމްޢިއްޔާ، އަދި ޖަމާޢަތެއްގެ މެމްބަރުންގެ ތެރެއިން ހޮވަންވާނެއެވެ. އެސޯސިއޭޝަންގެ ޖަލްސާއެއްގައި ބައިވެރިވުމަށް މަދުވެގެން 2 (ދޭއް) ދުވަސްކުރިން އެފަދަ ޢާންމު ފަރުދެއްގެ ނަމާއި، އޭނާގެ ވަނަވަރު އެސޯސިއޭޝަނަށް ފޮނުވަންވާނެއެވެ. މިގޮތުން ހަމަޖެއްސޭ މަންދޫބަށް ބަދަލެއް ގެނެވިއްޖެނަމަ އެކަން ވީއެންމެ އަވަހަކަށް އެސޯސިއޭޝަންއަށް އަންގަންވާނެއެވެ.

އަހަރީ އާޢްމު ޖަލްސާ އަށް އެންމެހާ މެމްބަރުން، އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން ހެންދުނު 10:00 ން 18:00 ށް މިއެސޯސިއޭޝަންގެ ހޮޓްލައިން 9794014 ނުވަތަ 10:00 އާއި 16:00 އާއި ދެމެދު 7778722 7779140 ނަންބަރާއި ގުޅުއްވުން ނޫނީ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

19 މާރިޗު 2025
ހޯދާ