ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލް އަށް ބޭނުންވާ ވެހިކަލްތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. ފުވައްމުލަކު ސިޓީ ކައުންސިލްއަށް ބޭނުންވާ ވެހިކަލްތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން  ސަޕްލައިކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން  09 އެޕްރީލް 2025 ގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.
  3. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 10 އެޕްރީލް 2025  ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 13 އެޕްރީލް 2025  ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 17 އެޕްރީލް 2025  ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް އަދި ލޯކަލް ގަވަރަމެންޓް އޮތޯރިޓީގައެވެ.

 

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން: 6862812

  އީމެއިލް: [email protected]

19 މާރިޗު 2025
ހޯދާ