ދިވެހިރާއްޖެ
އިޢުލާން
ހައްދުންމަތީ ކުނަހަންދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
ބީލަމުގެ ނަން: |
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ ވޭސްޓް މެނޭޖް ސެންޓަރަށް އެކްސްކަވޭޓަރެއް ގަނެ ސަޕްލައިކޮށްދިނުން |
||
އިޢުލާން ނަމްބަރު: |
(IUL)405-A/2025/09 |
އިޢުލާން ވަނަ: |
01 |
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާއަށް އެކްސްކަވޭޓަރެއް ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. |
|||
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ވުން: |
2025މާރިޗު 23 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/500 ރުފިޔާއެވެ. ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރުއްވުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު، ފޯމާއި ސްލިޕް މި ކައުންސިލްގެ މެއިލްއެޑްރެސް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ. އެކައުންޓް ނަންބަރު: 7707700380001 އެކައުންޓް ނަން: 1456 Revenue-1 މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ. |
||
ބީލަން ފޮތް |
މި ބީލަމުގެ ބީލަންފޮތް، މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. |
||
ބީލަން ހުށައެޅުން / ބީލަން ހުޅުވުން |
ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2025އޭޕްރީލް 14 ވާ ހޯމަ ދުވަހު 13:00 އެވެ. ބީލަން ހުށައަޅަން ޖެހޭނީ ހައްދުންމަތީ ކުނަހަންދޫ ކައުންސިލް އިދާރާއަށެވެ. ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާއަށް އެކްސްކަވޭޓަރެއް ސަޕްލައި ކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 2025އޭޕްރީލް 14 ވާ ހޯމަ ދުވަހު 13:00 ގައި ހައްދުންމަތީ ކުނަހންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. |
||
އިތުރު މައުލޫމާތު |
|
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
19 ރަމަޟާން 1446