ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކެނދިކުޅުދޫ ކައުންސިލް ގަރާޖު ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިކަން ހުރި ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މިމަސައްކަތާއި ގުޅުންހުރި އެންމެހާ މަޢުލޫމާތާއި ބީލާން ހުށައަޅާނެ ގޮތް އަދި ބީލަން ހުށައަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސްކޮށް ގެޒެޓްކޮށްފައިވާނެއެވެ. އަދި މިމަޢުލޫމާތު ކައުންސިލުގެ ވެބްސައިޓް (www.kendhikulhudhoo.gov.mv) އިންވެސް ލިބެން ހުންނާނެއެވެ.
ބީލަމުގައި ރަޖިސްޓްރީ ވާންވާނީ 25 މާރޗް 2025 ވާ ހޯމަ ދުވަހުގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށެވެ. ބީލަން ހުޅުވުން އޮންނާނީ 14 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.
ބީލަން ރަޖިސްޓްރޭޝަން ލިންކު: https://forms.office.com/r/d56cnHj4GK
މިބީލަމާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް މީޓީންގްއެއް 26 މާރޗް 2025 ވާ ބުދަ ދުވަހުގެ 13:00 ގައި މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.
މިމަސައްކަތާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަ ތިރީގައިވާ ފޯނު ނުވަތަ މެއިލް މެދުވެރިކޮށް ހުށައެޅުއްވުމަށް ދަންނަވަމެވެ.
މިދަލުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ފޯން: 6560013 / 65600673
އީމެއިލް: [email protected]
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
19 ރަމަޟާން 1446
19 މާރިޗު 2025