މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"އެލް.އެސް. ރިޓެއިލް ޕޮސް ސިސްޓަމް ރިވިއު" ކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
"އެލް.އެސް. ރިޓެއިލް ޕޮސް ސިސްޓަމް ރިވިއު" ކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ
މި ކުންފުނީގެ ޑިއުޓީ ފްރީގައި ބޭނުން ކުރަމުން ގެންދާ "ޕޮސް ސިސްޓަމް–- އެލް.އެސް. ރިޓެއިލް" މުރާޖާ ކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، މިކުންފުނިން އަންގާ ގޮތަކަށް ޕޮސް ސިސްޓަމްގެ "ޕާފޯމަންސް އަދި ފަންކްޝަނަލިޓީ" ވަޒަންކުރުމާއި، ރަނގަޅު ކުރަންޖެހޭ ދާއިރާތައް ދެނެގަތުން ފަދަ މަސައްކަތްތައް ހިމެނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އެޕްރީލް 6 ވާ އާދިއްތަދުވަހުގެ ހެދުނު 11:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް" (https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ."ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.
މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.
19 މާރިޗު 2025
ހޯދާ