ދިވެހިރާއްޖެ
އިޢުލާން
އިޖްތިމާޢީ މަރުކަޒުތައް ހިންގުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުންގެ ދަށުން މެމްބަރޝިޕް ފީ ނެގުމާ ގުޅޭ
އިޖްތިމާޢީ މަރުކަޒުތައް ހިންގުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު މިއިދާރާގެ ނަންބަރ: (IUL)426-AB/426/2024/302 (05 އޮގަސްޓް 2024) އިޢުލާނުން އާއްމުކޮށް، އެއުޞޫލަށް އެތާރީޚުން ފެށިގެން ޢަމަލުކުރަންފަށާފައިވާތީ، އައްޑޫގެ އިޖުތިމާޢީ މަރުކަޒުތަކުން ދޭ އެއްވެސް ޚިދުމަތެއް ދެން ލިބިދެވޭނީ އެއުޞޫލުގައި ބަޔާންކުރާ ގޮތުގެ މަތީން އެ މަރުކަޒުގެ މެމްބަރަކަށްވުމުން ކަމަށް ކައުންސިލުން ނިންމަވާފައިވާތީ، މިއިޢުލާނާއި އެކު އިސްވެ ބަޔާންކުރި އުޞޫލުގެ ދަށުން މެމްބަރަކަށް ވުމަށް ފީއެއްގެ ގޮތުގައި ނެގުމަށް ކަނޑައަޅާފައިވާ ފީތަކުގެ ތާވަލު ހިމަނައި، ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.މިއާއެކު، 2025 އެޕްރީލް 01 އިން ފެށިގެން އައްޑޫގެ ހުރިހާ އިޖުތިމާޢީ މަރުކަޒުތަކުން އާންމުންނަށް ޙިދުމަތް ފޯރުކޮށްދިނުމުގައި މިއިޢުލާނާއެކު ބަޔާންކުރާ ތާވަލާ އެއްގޮތަށް މެމްބަރޝިޕް ފީ ނަގާނެކަމާއި، މިއިޢުލާން ޝާއިޢުކުރުމާއެކު ކޮންމެ އަވަށެއްގައި ޤާއިމުވެފައިވާ މަރުކަޒަކުން ޚިދުމަތް ހޯދަން އެދޭ ފަރާތްތަކުން މެމްބަރުންގެ ގޮތުގައި މެމްބަރޝިޕް ފޯމް (އޮންލައިން އެޕްލިކޭޝަން) ފުރިހަމަ ކުރައްވައި ދަފްތަރުވުމަށް ދަންނަވަމެވެ. ހަމައެހެންމެ، 2025 އެޕްރީލް 01 އިން ފެށިގެން މަރުކަޒުގައި މެމްބަރުންގެ ގޮތުގައި ދަފްތަރުވެފައި ނެތް ފަރާތްތަކަށް އައްޑޫގެ އިޖުތިމާޢީ މަރުކަޒުތަކުން ޙިދުމަތް ނުދިނުމަށް ނިންމާފައިވާތީ މިކަމަށް އެންމެހާ ފަރާތްތަކުން ސަމާލުވެލެއްވުމަށް އިލްތިމާޞްކުރަމެވެ. މީގެ އިތުރުން އިޖުތިމާޢީ މަރުކަޒުތަކުން ހިންގާ ވަކި ވަކި ޙަރަކާތްތަކަށް ފީ ނެގުމަށް އޮންލައިން އެޕްލިކޭޝަނެއް އެކުލަވާލުމުގެ މަސައްކަތް މި އިދާރާއިން ކުރަމުންދާ ކަމުގައި މަޢުލޫމާތަށްޓަކައި ދެންނީވެއެވެ.
19 ރަމަޟާން 1446
19 މާރިޗް 2025