ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީގެ އަވަށްތަކުގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާގޮތާއި ގުޅޭ
އައްޑޫސިޓީގެ އަވަށްތަކުގެ ތެރެއިން ހިތަދޫ އާއި ފޭދޫ ފިޔަވައި އެހެން އަވަށްތަކުގައި 1446 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ އެއަވަށެއްގެ ހުކުރުކުރާ މިސްކިތްތަކުގައެވެ. ފޭދޫގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް އަމާންގެ އިތުރަށް ޓާފް ފުޓްބޯލް ދަނޑު (ބޮޑު ޖަމާޢަތް) ގައެވެ. ހިތަދޫގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ސިޓީ ސްކްއެއަރ (ބޮޑު ޖަމާޢަތް) ގެ އިތުރުން ތިރީގައި މިވާ މިސްކިތްތަކުގައެވެ. ފިޠުރު ޢީދު ނަމާދު ފަށާގޮތަށް ހަމަޖެހިފައި ވަނީ ހެނދުނު 07:00 ގައެވެ.
ހިތަދޫ:
1-މަސްޖިދުއްޝޫރާ.
2-މަސްޖިދުލް އިކްރާމް.
3-މަސްޖިދުއް ޒިކުރާ.
5-ހުކުރުމިސްކިތް.
7-މަސްޖިދުއް ތަޤްވާ.
މޫސުމަށް އަންނަ ބަދަލަކާއިގުޅިގެން ބޮޑު ޖަމާޢަތް ކެންސަލްކުރަން ޖެހިއްޖެނަމަ ހިތަދޫ އާއި ފޭދޫގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ފިޠުރު ޢީދު ނަމާދު ކުރުމުގެ އިންތިޒާމްވަނީހަމަޖެހިފައެވެ.
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
19 ރަމަޟާން 1446
19 މާރިޗް 2025