ދިވެހިރާއްޖެ
ކުނި މެނޭޖްކުރުމުގައި އެކަށީގެންވާ ނިޒާމެއް ގާއިމްކުރުމަށްޓަކައި ކުނި ކޮށީގައި ބެހެއްޓުމަށް މިކައުންސިލްއިން ދޭކުރެހުމަކާއި އެއްގޮތަށް ކުނި އަންދާ 2 ސޭންޑް ތައްޔާރުކުރުމަށް ބޭނުންވެއެވެ. މިކޮންޓްރެކްޓަރ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
- ކައުންސިލުން ދޭ ކުރެހުމާއި އެއްގޮތަށް ވެލްޑިންގކޮށް ސްޓޭންޑް ހެދުން
- ސްޓޭންޑަށް ބޭނުންވާ އޭންގަލް ދަގަނޑު، ދަގަނޑުފިލާ، އޮމާންދަނގަޑު އަދި ޕްލެޓް ފޮތި ކައުންސިލުން ފޯރުކޮށްދޭނެއެވެ.
ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހު 13:00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 21 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" ކުނި އަންދާ ސްޓޭންޑް ހެދުމަށް " މިހެން ލިޔެފައި އޮންނަން ވާނެއެވެ.
މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މިއެސްޓިމޭޓްގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މިދެންނެވި ވިޔަފާރިތަކުގެ ވެރިފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުނުވެވޭނަމަ، ރަސްމީ ލިޔުމަކުން ބަދަލުގައި އެހެންފަރާތެއް ހަމަޖެއްސިދާނެއެވެ. މި ލިޔުމާއެކު ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް
މާރކްސް ދެވޭ ކްރައިޓީރިޔާ |
މާކްސްދެވޭ މިންގަނޑު |
ތަފްޞިލް |
ފޯރމިއުލަރ |
އަގު |
80% |
v އަގަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ. |
Benchmark price/Submitted price x Allocated percentage |
މުއްދަތު |
10% |
v މުއްދަތަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ. |
Benchmark price/Submitted
|
ތަޖުރިބާ |
10% |
v ތަޖުރިބާ ގެ ލިޔުންތައް ހުށަހަޅާފައިވާނަމަ ( ޕްރޮފައިލް ) |
|
2 ސަމާލުކަންދޭންވީ ކަންތައްތައް
1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.
- މައުލޫމާތު ސާފްނުކުރައްވާ ފަރާތްތައް
- މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
- އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް
2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި
1 އަމިއްލަ ފަރުދެއްނަމަ އެ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީއާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް
4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
އީ . މެއިލް : [email protected]
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.