ދިވެހިރާއްޖެ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރި ހުނަރުވެރިންގެ ޤާބިލުކަން ދައްކައިދިނުމަށާއި، ޤައުމީ ފެންވަރުގައްޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރެވުމުގެ ފުރުޞަތު ހޯދައިދިނުމަށް ޓަކައި ބާއްވާ ޤައުމީ ފެންވަރުގެ މައުރަޒެކެވެ. މި މައުރަޒުގައި ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ފާހަގަކޮށް، އެކަންކަން ކުރިއަރުވަން މަސައްކަތްކުރެވޭނެއެވެ.
2025، މޭ 23އިން 31ގެ ނިޔަލަށް ބާއްވަން ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025"ގެ ޑިޖިޓަލްއާއި އީޖާދީ ޑިސްޓްރިކްޓާއި އުފެއްދުންތެރި އިޤްތިޞާދީ ޑިސްޓްރިކްޓުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވައިލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ލިންކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) އެޕްލިކޭޝަން ފޯމު ފުރިހަމަކުރައްވައި ހުށަހެޅުއްވުން އެދެމެވެ:
https://forms.office.com/r/TG7XizmZHX
ބައިވެރިވުމާ ގުޅޭގޮތުން ނުވަތަ ޑިސްޓްރިކްޓްތަކުގެ ތަފްޞީލުތަކާ ބެހޭ މަޢުލޫމާތު މި އިޢުލާނާ އެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހުން ލިބިވަޑައިގަންނަވާނެއެވެ. އަދި 3305555އަށް ގުޅުއްވުމުން، ނުވަތަ [email protected]އަށް އީމެއިލް ކުރެއްވުމުން ވެސް މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.