ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (IUL)316/316/2025/38 އިޢުލާނާ ގުޅިގެން ކާށި ގުދަނުގެ ގޮތުގައި ކުރީގައި މިކައުންސިލުން ބޭނުން ކުރަމުން ދިޔަ އިމާރާތުގައި ކުރަން ހުރި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ފުރުސަތާގުޅިގެން ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެން ވާ ވަރަށް ވުރެ ބޮޑު އަގުތަކަކަށް ވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ. އެހެންކަމުން ކާށި ގުދަނުގެ ގޮތުގައި ކުރީގައި މިކައުންސިލުން ބޭނުން ކުރަމުން ދިޔަ އިމާރާތުގައި ކުރަން ހުރި ބައެއް މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ މަސައްކަތް ކޮށްދެވޭނެ އަގު (ކޮޓޭޝަން) 2025 މާރިޗް 25 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. ކައުންސިލަށް ދުރުވެގެން ކޯޓޭޝަން ހުށަހަޅާނަމަ 2025 މާރޗް 20 ވާ ބުރާސްފަތި، 2025 މާރޗް 23 ވާ އާދިއްތަ، އަދި 2025 މާރޗް 25 ވާ ބުރާސްފަތި ދުވަހު އޮފީސް ހުޅުވެފައި ހުންނަ ވަގުތުތަކުގައި ހުށައެޅޭނެ ވާހަކަ ދަންނަވަމެވެ. ކޮޓޭޝަންގައި މަސައްކަތް ކޮށް ނިންމާލެވޭނެ މުއްދަތު ހިމަނަންވާނެއެވެ. މިމަސައްކަތުގެ ބޭނުމަށް މުއްދަތު ގުނާނީ ބަންދުދުވަސްތައްވެސް ހިމެނިގެންނެވެ. އަދި ކޮޓޭޝަން އާއެކު ވިޔަފާރި ރަޖިސްޓްރޭޝަން ނުވަތަ ޕްރޮފައިލްގެ ކޮޕީއެއް، އަދި އަމިއްލަ ފަރާތަކުންނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅަންވާނެއެވެ.
މިހެންވެމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.