މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
The Kyoto Smart City Expo 2025

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ދިވެހިރާއްޖެ

 

 ދި ކިޔޯޓޯ ސްމާޓް ސިޓީ އެކްސްޕޯ 2025، ކިޔޯޓޯ، ޖަޕާން

2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 2 އިން 3 އަށް ކިޔޯޓޯ، ޖަޕާންގައި ބޭއްވުމަށް ހަމަޖެހިފައިވާ، "ދި ކިޔޯޓޯ ސްމާޓް ސިޓީ އެކްސްޕޯ 2025" ގައި ދިވެހިރާއްޖެއަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވެއެވެ.

މި އެކްސްޕޯ އަކީ އީޖާދީ އުފެއްދުންތައް އިތުރުކުރުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ބާއްވާ ސްމާޓް ސިޓީ ތީމްގެ އެންމެ ބޮޑު އެއް އިވެންޓެވެ. އަދި މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ސެމިނަރ ތަކާއި، ސްޓާޓް-އަޕް ޕިޗް މުބަރާތްތައް އަދި ބޫތް ޓުއަޒް ހިމެނެއެވެ. މި ހަފްލާ ހިނގަމުންދާއިރު ކިޔޯޓޯ ފުޑްޓެކް އެކްސްޕޯ، ކެއިހައްނާ އާރް. އެންޑް ޑީ. ފެއަރ، އޭ.ޓީ.އާރް އޯޕަން ހައުސް އަދި ކެއިހައްނާ ބިޒްނަސް މެސޭ ވެސް ހިނގަމުންދާނެކަން ފާހަގަކޮށްލުން މުހިއްމެވެ.

މި އެކްސްޕޯ އާއި ބެހޭ އިތުރު މަޢުލޫމާތު ހިމެނޭ ބްރައުޝަރ މި އިއުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ.

 

19 މާރޗް 2025

19 މާރިޗު 2025
ހޯދާ