މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
3 މިސްކިތް މަރާމާތު ކުރުން

މިލަންދޫގެ 3 މިސްކިތް މަރާމާތު ކުރުން  

މިލަންދޫގެ 3 މިސްކިތުގެ ތިރީގައިވާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1- މަސްޖިދުލް އިކްރާމް:

  - ޕޭމަންޓުގައި ފެހިކުލައިގެ ފްލޯޕެއިންޓް ލުން (އަލްވާ)

  - 10 ފޫޓުގެ ފެހިކުލައިގެ ލައިސާޓް ޓިނު

  - ހިނަވާގެ ބޭރު އަސްކެނި ލައިޓް ހަރުކުރުން

  - މިސްކިތުގެ ދޮރުގައި ކުލަލުން

  - ހިނަވާގެއަށް '3x8 ގެ މޭޒެއް ޖެހުން (ހުދު ފޮމެކާ ޖަހާފައި)

  - 3 ގަނޑު ލައިސާޓް މޮޅު ޓިނު 10 ފޫޓުގެ (ރަތްކުލަ)

  - ދަގަނޑު "½ ގެ ހޮޅިން ހަރުގަނޑެއް ހަދައި ހުދުކުލައިގެ ދަވާދު ލުން

2- މަސްޖިދުލް އީމާން

  - މިސްކިތުގެ އެތެރެއާއި ބޭރުގެ ކަރަންޓްގެ މައްސަލަ ހައްލުކުރުން

  - މިސްކިތުގެ އެތެރެއާއި ބޭރުގައި ހުރި ކުލަ ކެހިފައިވާ ތަންތާނގައި ކުލަލުން (Nippon Linen white BS 10B15)

  - ހުރިހާ ސްޕީކަރުތަކަށް އައު ވަޔަރިންގ އެޅުން

  - ދަގަނޑު "½ ގެ ހޮޅިން ހަރުގަނޑެއް ހަދައި ހުދުކުލައިގެ ދަވާދު ލުން

3- މަސްޖިދުއްޞަފާ

  - 2 ލައުޑް ސްޕީކަރ

  - 2 ސްޕީކަރ ނަރު ގުޅައި ހަރުކުރުން (ZABKZ WL313)

  - 15 ޑައުންލައިޓް ހަރުކުރުން (ލެޑް)

  - ފާޚާނާތަށީގެ މަތިގަނޑު ހަރުކުރުން (cotto)

  - ދަގަނޑު "½ ގެ ހޮޅިން ހަރުގަނޑެއް ހަދައި ހުދުކުލައިގެ ދަވާދު ލުން

  - ކުލަ ކެހިފައިވާ ތަންތާނގައި ކުލަލުން (bankot ac white)  ކުލައާގުޅޭ ތިނަރު މިކްސް ކުރުން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

17 އޮގަސްޓު 2015

ހޯމަ

މެންދުރު ކުރި 11:30

ބިޑް ހުށަހެޅުން

20 އޮގަސްޓު 2015

ބުރާސްފަތި

މެންދުރު ކުރި 11:30

މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

25 ޝައްވާލް 1436

10 އޮގަސްޓް 2015
ހޯދާ