ދިވެހިރާއްޖެ
ރަމަޟާންމަހުގެ ފަހު ދިހައާއި ފިޠުރު ޢީދު ބަންދާއި ގުޅިގެން، މި ކައުންސިލް އިން ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް، 20 މާރިޗު 2025 އިން ފެށިގެން ފިތުރު ޢީދު ބަންދު ނިމެންދެން، ހުކުރު، ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް ކައުންސިލް އިދާރާ ހުޅުވާފައި ހުންނާނެއެވެ. މި މުއްދަތުގައި ކައުންސިލް އިން ފޯރުކޮށްދޭ ޚިދުމަތްތައް ތިރީގައި އެވަނީއެވެ.
- އޮންލައިންކޮށްފިޠުރު ޒަކާތް ދެއްކުމަށް ދަތިވާފަރާތްތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށްދީ ޒަކާތްދެއްކުމަށް އެހީތެރިވުން.
- އަލަށް އުފަންވާ ކުދިންގެ ފޫޅުމާފޯމް ބަލައިގަތުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުން.
- މަގު ކޮނުމާއި މަގު ބަންދު ކުރުމަށް ހުއްދަދިނުން.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.