މަޤާމު:
|
މަސައްކަތު
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަސް
|
ގްރޭޑް:
|
1
|
ސްޕައިން ޕޮއިންޓް:
|
7
|
މުސާރަ:
|
މަހަކު 4,260.91 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 1,826.11 ރުފިޔާ
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
ސްޓާފް ހެލްތު އިންޝުއަރެންސް (3 މަހުގެ ޕްރޮބޭޝަން ފުރިހަމަ ކުރުމަށްފަހު).
|
މަގާމުގެ ޝަރުތު:
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކެމްޕަސް 1،2 އަދި ދަނާލުގެ ބަގީޗާ ބަލަހައްޓައި ތަންފެހިކުރުމުގެ މަސައްކަތް ކުރުން.
- ކެމްޕަހުގެ ބަގީޗާ ބެލެހެއްޓުމުގައި ހެދިފައިވާ ގަވާއިދުތަކަށް އަމަލު ކުރުމާއި އެކު އަބަދުވެސް އިޖާދީ ގޮތްތައް ހޯދައި ވެރިންގެ މަޝްވަރާޔާއި އެކު އެކަމެއް ކުރުން.
- ކެމްޕަހުގެ މާޙައުލަކީ މުވައްޒަފުންނާއި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިވާފަދަ މާޙައުލަކަށް ހެދުމަށްޓަކައި މީރުވަސް ހުންނަ މާމެލާމެއްޔާއި ކުލަކުލައިގެ މާމެލާމެލީގެ ގަސްތައް ލޭންޑްސްކޭޕް ޕްލޭނާއި އެއްގޮތަށް އިންދާ ޒީނަތްތެރިކުރުން.
- ކިޔަވައި ދިނުމަށް ބޭނުންކުރާ ތަންތަނާއި، މުވައްޒަފުން މަސައްކަތްކުރާ ޖަގަހަތަކަކީ ވެސް ފެހިތަންތަނަށް ހެދުމަށް ގަސްތައް އިންދާ ގަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުން.
- ކުނިއެޅުމަށް ބަހައްޓާ ވަށިގަނޑުތަކުގައި ހުންނަ ކުނި، ދުވަހީ ގޮތެއްގައި ހަމަޖެހިފައިވާ އުޞޫލުން އުކާލުން.
- ކާދު ހެދުމާއި ގަސްތަކަށް ބޭނުންވާ ގަސްކާނާ ގަސްތަކަށް ދިނުމާއި ރެކޯޑު ބެލެހެއްޓުން.
- ގަސްތަކަށް ޖެހޭ ބަލިތައް އެޑްމިން ގެ އެހީއާއި އެކު ދެނެގަނެ އެކަމަށް ދޭންވާ ފަރުވާ ރައްކާތެރިކަމާއެކު ދިނުން.
- އޯގަނިކް ފާމިންގް އަށް އިސްކަންދީގެން ކާބޯތަކެތީގެ ބާވަތްތައް ކެމްޕަހުގައި ހެއްދުން. މީގެ ތެރޭގައި ފެނުގައި ގަސްހެއްދުމުގެ ބައިވެސް ކުރިޔަށް ގެންދިޔުން.
- އައްޑޫއަށް ޚާއްޞަ ގަސްތަކާއި މާޙައުލުން ނެތެމުންދާ ގަސްތައް އާލާކުރުމަށް އިސްކަން ދިނުން.
- ކެމްޕަހުގައި ފަސޭހައިން ހެދޭ ގަސްތަކުގެ ރެޖިސްޓްރީއެއް އެޑްމިންގެ އެހީއާއި އެކު ބެލެހެއްޓުން.
- ފާޚާނާތައް ސާފުކޮށް ދޮވުމާއި ، ޑިސްއިންފެކްޓް ކުރުމާއި ބޭސް ޖަހައިގެން މުށިތައް ދޮވުމާއި އެތަނަކީ ސިއްޙީގޮތުން ރައްކައުތެރިތަނަކަށް ހެދުން.
- ސާފުކޮށް ބަލަހައްޓަން ޙަވާލުކޮށްފައިވާ ތަނެއްގައި ހަލާކުވެ ބޭނުން ނުކުރެވޭ ފަދަ ގޮތަކަށް އެއްޗެއް ހުރިނަމަ ނުވަތަ ތަން ހަލާކުވެފައި ހުރި ނަމަ، އެކަން ، ކަމާބެހޭ މުވައްޒަފެއްގެ ސަމާލުކަމަށް ގެނައުން އަދި ނޯޓްކުރަންޖެހޭ ފޮތެއްގައި / ކަނޑައެޅިފައިވާ ގޮތަކަށް ނޯޓްކުރުން.
- ސައިކޮޓަރި ތެރެއާއި، މޭޒާއި، ގޮނޑިއާއި، ސިންކާއި، ކަބަޑު ފަދަ ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުން.
- ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ އާންމުކޮށް މީހުން ނުވަންނަ ތަންތަން މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކުރުން.
- ކްލާސްތައް ބޭއްވުމަށާއި، އިމްތިޙާންތައް ބޭއްވުމަށާއި، ސެމިނަރ ފަދަ ކަންކަން ބޭއްވުމަށް ބޭނުންވާ ތަންތަން ދެވޭ އިރުޝާދާއި އެއްގޮތަށް ތައްޔާރުކުރުން.
- ބާއްވާ ޚާއްސަ ރަސްމިއްޔާތުތަކަށް ތަންތަން ތައްޔާރުކުރުމާއި، ޒީނަތްތެރިކުރުމުގައި ބައިވެރިވުން.
- ފޮޅާ ސާފުކުރުމަށާއި ބަގީޗާ ހެއްދުމަށް އެމުވައްޒަފަކާއި ހަވާލުކުރެވޭ އާލާތްތައް ބަހައްޓަންޖެހޭ ތަންތަނުގައި ތަރުތީބުން ބެހެއްޓުމާއި އެއެއްޗެތީގެ ރައްކައުތެރިކަން ކަށަވަރުކުރުން.
- ޔުނިވަރސިޓީގެ މަސައްކަތަކާއި ގުޅިގެން އެހީތެރިކަމަށް އެދެފިނަމަ އެކަމެއްގައި އެއްބާރުލުން ދިނުން.
- އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުމާއި އެކު މަސައްކަތްކުރުން.
- މަސްލަހަތު ގެއްލޭފަދަ ކަންކަމުން ދުރުހެލިވެ، އެކުވެރިމާހައުލެއް ޤާއިމްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
- މިނޫންވެސް ޙަވާލުކުރާ މަޤާމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2025 އެޕްރީލް 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަހަށް ނުވަތަ ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUhr-HC-2025-11
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “ޕީ.ޑީ.އެފް" ކޮށްފައެވެ.
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
|