މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވެސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ އޮފީސް ހިންގަމުންދާ ހ.އޯކިޑް އިމާރާތުގެ 6 އަދި 9 ފަންގިފިލާގައި އޮފީސް އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެކު އެޓޭޗްކޮށްފައިވާ ޓެންޑަރ ޑޮކިއުމަންޓްސްގައި ދީފައިވާ އިރުޝާދާއި އެއްގޮތައް ބީލަން ހުށަހެޅުވުމަށް ދަޢުވަތު އަރުވަމެވެ. 

ބީލަން ވެލިޑިޓީ

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

ބީލަންތައް ހުށަހެޅުމާއި ހުޅުވުން

13 އެޕްރީލް 2025 | 11:00

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން | ހ.އޯކިޑް ބިލްޑިންގ، 6 ވަނަ ފަންގިފިލާ

 

އިތުރު މަޢުލޫމާތު ސާފުކުރުން

ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 8 އެޕްރީލް 2025ގެ 11:00 ގެ ކުރިން ތިރީގައި ދީފައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް:[email protected]

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލްކުރުމުގެ ފުރިހަމަ އިޚްތިޔާރު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ލިބިގެންވެއެވެ. އަދި ބިޑުތައް ކޮންމެ ވަގުތެއްގައި ވެސް ބާޠިލްކުރުމުގެ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ

19 މާރިޗު 2025
ހޯދާ