މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ

   ނަންބަރު:(IUL)491/491/2025/16

 

އިއުލާން

މި މިނިސްޓްރީގެ ނަންބަރު (IUL)491-CDS7/491/2025/13 (27 ފެބުރުވަރީ 2025) އިއުލާނާ ޙަވާލާދީ ދަންނަވަމެވެ. 

ޙަވާލާދީފައިވާ މި މިނިސްޓްރީގެ އިއުލާނާއެކު 15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިއުލާންކޮށްފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު މި މިނިސްޓްރީން ޞައްޙަކުރުމަށްފަހު، ގެޒެޓްގައި ޝާއިޢުކޮށްފައިވާ ލިސްޓާއި ގުޅިގެން، ޝަކުވާ ހުށަހެޅުމަށް 31 މާރިޗު 2025 ގެ ނިޔަލަށް ހުޅުވާލެވިފައިވާކަން ޢާންމުކޮށް އިޢުލާން ކޮށްފައިވާނެއެވެ. އެގޮތުން، މިހާތަނަށް ލިސްޓާއި ގުޅިގެން ހުށަހަޅަމުން ގެންދާ ޝަކުވާތަކަށް ރިޢާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް މި މިނިސްޓްރީން މިދަނީ ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، 08 އޮގަސްޓު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/254 އިއުލާނުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓާއި ގުޅިގެން، ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ދީފައިވާކަމާއި މި ފުރުޞަތުގައި އެ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އެކި ލިޔުންތައް ޕޯޓަލްއަށް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.

އެހެންނަމަވެސް، މި ދެންނެވި މަރުޙަލާތަކުގައި ކަންކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް ވެރިފިކޭޝަނަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ސަރުކާރުގެ އިދާރާތަކުގައިހުރި މި މިނިސްޓްރީއަށް ޗެކްކުރެވެން ހުރި މަޢުލޫމާތުތަކަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެ ކަމުގައި ދަންނަވަމެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން ޕޯޓަލް ތެރެއިން ތަފްޞީލާއެކު ޝަކުވާ ހުށަހެޅުމަށް އެދެމެވެ.

މީގެ އިތުރުން ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރެއިން 20 މާރިޗު 2025 އިން 31 މާރިޗު 2025 އަށް އެއީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައިވާތީ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 15 އޭޕްރިލް 2025 އާ ހަމައަށް އިތުރުކުރެވިފައިވާ ވާހަކަވެސް ދަންނަވަމެވެ.

 

 

19 ރަމަޟާން 1446

19 މާރިޗު 2025

 

19 މާރިޗު 2025
ހޯދާ