ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ - ހިތަދޫ ކެމްޕަސް

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަސް 

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

22

މަޤާމުގެ މުސާރަ:

މަހަކު 6,728.62 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,883.70 ރުފިޔާ

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ލައިބްރަރީ މެމްބަޝިޕް

ވަޒީފާގެ ބާވަތް:

ދާއިމީ

މަގާމުގެ ޝަރުތު:

  1. އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން، ނުވަތަ،
  2. އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ޕްރޮކިއުމަންޓް އަދި މެއިންޓަނަންސް

  1. ކެމްޕަސް 1 އާއި 2 އަދި ދަނާލަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ބަލަހައްޓާ ތަކެތި ލިބުމުން ސްޓޮކް ބަލަހައްޓާ މުވައްޒަފާއި ހަވާލު ކުރުން.
  2.  ކުދިކުދި ޚަރަދުތަކަށް ބޭނުންވާ ތަކެތި ހަލުވިކަމާއެކު ހޯދުމާއި، އެކަމާގުޅޭ ރެކޯޑުތައް ރަނގަޅަށް ބެލެހެއްޓުން.
  3. ކެމްޕަސް 1 އާއި 2 އަދި ދަނާލަށް ބޭނުންވާ ހަރުމުދާ އ. ޑިރެކްޓަރުގެ އިރުޝާދުގެ ދަށުން ހޯދައި އިންވެންޓްރީ ބަލަހައްޓާ މުވައްޒަފާއި ހަވާލު ކުރުން.
  4. ޕެޓީކޭޝް އާއި ގުޅޭ ބިލުތަކުގެ ޕީ.އޯ ތައްޔާރުކުރުމާއި ބިލް އެންޓްރީ އަދި ޖެނެރަލް އެންޓްރީ ސެކްޝަންތަކާއި ޙަވާލުކުރުން 

މަރާމާތުގެ މަޝްރޫޢުތައް ވިލަރެސްކުރުން

  1. ކެމްޕަސް 1 އާއި 2 އަދި ދަނާލުގެ ކުދިކުދި މަރާމާތުގެ މަސައްކަތްތައް ބެލެހެއްޓުމާއި، އޭގެ ފެންވަރާއި އަގު ރަނގަޅުތޯ ކަށަވަރުކުރުން.
  2. ކެމްޕަސް 1 އާއި 2 އަދި ދަނާލުގެ ފެސިލިޓީސް މެނެޖްމަންޓްއާ ގުޅޭ އަދި މެއިންޓަނަންސް މަސައްކަތްތަކާއި ހިނގަމުންދާ ޕުރޮޖެކްޓުތަކުގެ މަސައްކަތްތައް އ. ޑިރެކްޓަރުގެ ލަފަޔާ މަޝްވަރާގެ މަތިން ބަލަހައްޓައި ކުރުވުން. 
  3. ޔުނިވަރސިޓީގެ އުސޫލުތަކާ އެއްގޮތަށް ޓެންޑަރކުރުމާއި، ބިޑް ހުށަހެޅުމާއި، އިވެލުއޭޓްކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުން.
  4. ޕްރޮކިއުމަންޓް ސެކްޝަންގެ އާއްމު އިދާރީ މަސައްކަތްތަކާއި ލިޔެކިޔުން ބެލެހެއްޓުން (ބިޑު އިވެލިއޭޓް ކުރުމާއި މަސައްކަތްތަކާ ގުޅޭ އެއްބަސްވުން ތައްޔާރުކުރުމާއި، ރިޕޯޓް ތައްޔާރުކުރުން)
  5. ޕްރޮކިއުމަންޓް އަދި މެއިންޓަނަންސްއާ ގުޅޭ އާންމު އެންޓްރީތަކާއި އިންވޮއިސް އެންޓްރީތައް ބެލެހެއްޓުން.
  6. އޮޑިޓްކުރުމަށާއި ރިޕޯޓުކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމައަށް ބެލެހެއްޓުން.

ވެންޑަރުންނާއި ޓެންޑަރ ބެލެހެއްޓުން

  1. އިތުބާރުހުރި ވެންޑަރުންނާއި ޚިދުމަތްދޭ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލައި ބެލެހެއްޓުން.
  2. 35،000 ރުފިޔާއަށްވުރެ މަތީގެ މަޝްރޫޢުތަކަށް ޓެންޑަރ އަދި ބިޑުގެ ލިޔެކިޔުންތައް ބެލެހެއްޓުން.
  3. ބިޑު އިވެލުއޭޓްކުރުމާއި، އެއްބަސްވުންތަކާމެދު މަޝްވަރާކުރުމާއި، ވެންޑަރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތްތައް ފަސޭހަކޮށްދިނުން.

މާކެޓިންގ އަދި ޕްރޮމޯޝަން

  1. ކެމްޕަހުގައި ބާއްވާ ޙަރަކާތްތަކާއި ޙަފްލާތައް ޕުރޮމޯޓުކުރުމަށް މާކެޓިންގ ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކުރުން.
  2. ކެމްޕަހުގެ "ވިޒިބިލިޓީ" އިތުރުކުރުމަށް ޑިޖިޓަލް މާކެޓިންގ ކެމްޕޭންތައް ފަރުމާކޮށް ހިންގުން.
  3. އިސްނަގައިގެން ޕުރޮގްރާމްތައް ޕްރޮމޯޓްކުރުމަށް އެކަޑެމިކް އަދި އިދާރީ ޓީމުތަކާއެކު މަސައްކަތްކުރުން.
  4. ޕޯސްޓަރުތަކާއި، ބެނަރުތަކާއި، ސޯޝަލް މީޑިއާގައި ޝާއިޢުކުރާ ތަކެތި ފަދަ ޕްރޮމޯޝަނަލް ތަކެތި ތައްޔާރުކުރުން.

ސޯޝަލް މީޑިއާ އަދި ކޮންޓެންޓް މެނޭޖްމަންޓް

  1. ކެމްޕަހުގެ ރަސްމީ ސޯޝަލް މީޑިއާ ހޭންޑުލް ތަކުގެ ތެރެއިން ޙަވާލުކުރެވޭ އެކައުންޓްތައް ބެލެހެއްޓުމާއި، މީހުން ޝައުޤުވެރިވާފަދަ ކޮންޓެންޓް ޤަވާޢިދުން ޝާއިޢުކުރުން.
  2. މީހުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އުފެއްދުންތެރި މަލްޓިމީޑިއާ ކޮންޓެންޓް (ފޮޓޯ، ވީޑިއޯ، ގްރެފިކްސް) ތައްޔާރުކުރުން.
  3. ސޯޝަލް މީޑިއާގައި ކުރެވޭ މުޢާމަލާތްތައް ބަލައި، ސުވާލުތަކަށާއި ކޮމެންޓްތަކަށް ޕްރޮފެޝަނަލްކޮށް ޖަވާބުދިނުން.

ރިޕޯޓުކުރުމުގެ މަސްއޫލިއްޔަތުތައް

  1. ސިކިއުރިޓީ މުވައްޒަފުންގެ އިތުރުގަޑީގެ ޙާޟިރީ އާއި އެލަވަންސް ރިޕޯޓް ތައްޔާރުކުރުމާއި ޑިއުޓީ ޝެޑިއުލް ތައްޔާރުކޮށް ކޮންމެ މަހަކު އެޗް އާރް ސެކްޝަނަށް ފޮނުވުން.
  2. ސެކިއުރިޓީ ހާޒިރީ ރިޕޯޓުތައް ތައްޔާރުކުރުމާއި، ރެކޯޑުތައް ސައްޙަކަމާއެކު ބެލެހެއްޓުން.
  3. އ. ޑިރެކްޓަރުގެ އިރުޝާދުގެ ދަށުން ސިކިއުރިޓީ މުވައްޒަފުން ސުޕަވައިޒްކުރުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  4. މެނޭޖްމަންޓުން މުރާޖަޢާކުރުމަށްޓަކައި ޕްރޮކިއުމަންޓް، މެއިންޓަނަންސް އަދި މާކެޓިންގ އާ ގުޅޭ މުއްދަތީ ރިޕޯޓުތައް އެކުލަވާލުން.
  5. ޕްރޮކިއުމަންޓް ޙަރަކާތްތަކާ ގުޅޭ ބަޖެޓު ތައްޔާރުކުރުމާއި މާލީ ރިޕޯޓުތައްޔާރު ކުރުމުގައި އެހީތެރިވުން.
  6. ކެމްޕަހުގެ ހިންގުން ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި ކެމްޕަސް ސެކިއުރިޓީއާއި އެހެނިހެން ޑިޕާޓްމަންޓްތަކާއެކު މަސައްކަތްތައް ވިލަރެސްކުރުން.

އެހެނިހެން އިދާރީ މަސްއޫލިޔަތުތައް

  1. ތާވަލް ކުރެވިފައިވާ އޮފީސް ގަޑިތަކުގައި އޮފީސް ހުޅުވުމާއި ލެއްޕުން
  2. ރިސެޕްޝަނުގައި ޑިއުޓީ އަދާކުރުމާއި ރިސެޕްޝަނުންދޭންޖެހޭ ޚިދުމަތް ދިނުން.
  3. އޮފީހަށް އަންނަ ރަސްމީ ފޯނުކޯލުތަކަށް ޖަވާބު ދިނުން.
  4. ނުރަސްމީގަޑީގައި އޮފީސް ހުޅުވަންޖެހޭ ވަގުތުތަކުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން އޮފީސް ހުޅުވައި ޑިއުޓީ އަދާކުރުން.
  5. ޗުއްޓީއަށްދާ މުވައްޒަފުންގެ މަސައްކަތްތައް ހަވާލުކުރެވޭ އުސޫލުގެ މަތިން ކުރުން.
  6. ކެމްޕަހުގައި ބާއްވާ އިމްތިޙާނުތަކާއި އެކެޑެމިކު ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  7. ވަޒީފާއާއި ގުޅޭ ގޮތުން ކެމްޕަސް މެނޭޖަރ ހަވާލުކުރާ އެހެނިހެން ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2025 އެޕްރީލް 6 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUhr-2025-HC-Admin

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
19 މާރިޗު 2025
ހޯދާ