އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ފެރީޓަރމިނަލްގައި ހުރި ޓަކްޝޮޕް ކުއްޔަށް ދޫކުރުން:

މި ރަށު ފެރީޓަރމިނަލްގައި ހަދާފައިވާ ޓަކްޝޮޕް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން 2025 ޖަނަވަރީ 06 ވަނަ ދުވަހު ކުރި ނަންބަރު: (IUL)340/340/2025/1 އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ހުށަހެޅުމެއް ހުށަހަޅާފައި ނުވާތީ އަލުން އެ ޓަކްޝޮޕް ކުއްޔަށް ހިފަން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. ޓަކްޝޮޕް ކުއްޔަށް ހިފާފަރާތާއި ކުއްޔަށް ދޭފަރާތުން ޢަމަލުކުރަންޖެހޭނީ "ފެރީ ޓާމިނަލުގައި ހުރި ޓަކްޝޮޕް ކުއްޔަށް ދޫކުރުމާއި ބެހޭ އުޞޫލް" (އުޞޫލް ނަންބަރު: USL/340/2022/02) އާއި އެއްގޮތަށެވެ. މި އުޞޫލް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.

ވީމާ، މި ރަށު ފެރީޓަރމިނަލްގައި ހުރި ޓަކްޝޮޕް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން މި ކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ހޯދުމަށް އެއްވެސް ސުވާލެއްކުރައްވަން އެދިލައްވާނަމަ 2025 މާރިޗު 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގެ އީމެއިލް [email protected] އަށް މަޢުލޫމާތު ބޭނުންވާ ކަންކަމުގެ ސުވާލުތައް ފޮނުއްވުމުން 2025 އެޕްރީލް 06 ވަނަ ދުވަހު ޖަވާބުތައް ފޮނުވޭނެއެވެ. ކުއްޔަށް ހިފުމަށް އެދި ހުށަހަޅާނީ އިސްވެދެންނެވިފައިވާ އުޞޫލްގެ 8 ވަނަ ނަންބަރުގައި ބަޔާންކުރާ ފޯމް ފުރިހަމަކޮށް 2025 އެޕްރީލް 09 ވަނަ ދުވަހުގެ 10:00 އަށް މި އިދާރާއަށެވެ.

19 މާރިޗު 2025
ހޯދާ