ދިވެހިރާއްޖެ
ލެޕްޓޮޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އޮފީހުގެ ނަންބަރު (IUL)7-ADMN/1/2025/32 އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ފޯމެއްގެ މަޢުލޫމާތު ބަދަލުވުމުން އެ އިޢުލާނު ބާތިލުކޮށް މި ތަކެތި ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ޢަދަދު |
އައިޓަމް |
7 |
ލެޕްޓޮޕް |
މި ދެންނެވުނު ތަކެތި ފޯރުކޮށްދޭނެ ފަރާތަށް ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓެއްކަން މަޢުލޫމާތަށްޓަކާ ދަންނަވަމެވެ.
މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2025 އެޕްރީލް 10 ވާ ބުރާސްފަތި ދުވަހުގެ 16:00 ކުރިން [email protected] އީމެއިލްއަށް ބިޑާ ބެހޭ ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 2025 އެޕްރީލް 14 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.