މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް ދިރޭ ޖަނަވާރު އެތެރެކުރުމަށާއި ދިވެހިރާއްޖޭން ބޭރުކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުގެ ސަމާލުކަމަށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު 2024/4 (4 ފެބްރުއަރީ 2024) ގައި ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖެއްސުމާ ގުޅިގެން، ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކުގައި ރާއްޖެ އެތެރެކުރުމަށާއި ރާއްޖޭން ބޭރުކުރުމަށް ބޭނުންވާ ޖަނަވާރުތައް އެތެރެކުރުމާއި ބޭރުކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުން 20 މާރިޗު 2025 ވަނަ ދުވަހުގެ ކުރިން ހުއްދައަށް އެދި ހުށަހެޅުމަށް ސަމާލުކަންދެއްވުމަށް މި ވުޒާރާއިން އިލްތިމާސްކުރަމެވެ. އަދި މިއީ 3 މަސްދުވަހުގެ މުއްދަތަކަށް ދެވޭ ހުއްދައެއްކަމުން، ދުރާލާ ހުއްދަ ލިބިފައިވާކަން ކަށަވަރުކުރުމަކީވެސް މި ވުޒާރާގެ އެދުމެކެވެ. މީގެއިތުރުން ކުރިން ނަގާފައިވާ ހުއްދަތަކުގައި އެތެރެކުރަން/ބޭރުކުރަން ހުއްދަދީފައިވާ ޖަނަވާރުގެ ބާވަތް ކަށަވަރުކުރުމަކީ އެތެރެކުރާފަރާތުގެ ޒިންމާއެކެވެ.

18 މާރިޗު 2025
ހޯދާ