އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓް މަރާމާތު ކުރުން

އިޢުލާން

މިހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓް މަރާމާތު ކުރުން

މިހޮސްޕިޓަލުގައި ޚިދުމަތް ދެމުންގެންދާ ޑެންޓަލް ޑިޕާޓްމަންޓް، ސްޓަކްޗަރަލް ބަދަލުތަކާއިއެކު ތަރައްޤީ ކުރުމަށް ބޭނުންވާ އެންމެހާ މަރާމާތުތައް ކުރުމަށް ބޭނުންވެއްޖެއެވެ.  

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ރަޖިސްޓްރީކުރައްވާ، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް)

ތާރީޚް: 18 މާޗު 2025، ން ފެށިގެން 09 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00

އީމެއިލް: [email protected] ފޯނު ނަންބަރ: 6583007

ރެޖިސްޓްރޭޝަން ލިންކް: https://forms.gle/zZiMTuNEXDC7g7RJ9

މައުލޫމާތު ސާފުކުރުން

ތާރީޚް: 10 އޭޕްރީލް 2025 - ބުރާސްފަތި

ގަޑި: 13:00 (މެންދުރުފަހު)

ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް

އަންދާސީ ހިސާބު ހުށައެޅުއްވުން

ތާރީޚް: 15 އޭޕްރީލް 2025 - އަންގާރަ

ގަޑި: 13:00 (މެންދުރުފަހު)

ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް

 

މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓާއި، އެހެން ލިޔެކިއުންތައް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެއެވެ. މިޓެންޑަރއަށް ނަންނޯޓްނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.  

18 ރަމަޟާން 1446

18 މާޗު 2025

18 މާރިޗު 2025
ހޯދާ