ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އއ.ތޮއްޑޫގައި ޤާއިމު ކުރެވިފައިވާ އިހުރު ބާޒާރުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގުވުމާއެކު މި ކޯޕަރޭޝަނުން އއ.ތޮއްޑޫގައި ޤާއިމު ކޮށްފައިވާ އިހުރު ބާޒާރުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލަމެވެ. މި ކޯޕަރޭޝަނުން މިފަދަ މާރުކޭޓެއް ޤާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ ދާއިރާއިން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ބާޒާރު ހޯދައިދިނުމާއި، މި ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ.

މި ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު ހިމަނާފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.

ފޯމު ލިންކް:https://forms.office.com/r/nycRvHGVsV

ކިއޮސްކު ކުއްޔަށް ދޫކުރާ އަގުތަކާއި، އެހެނިހެން މައުލޫމާތު މި އިޢުލާނާއިއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 10 އެޕްރީލް 2025 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އާ ހަމައަށެވެ.

18 މާރިޗު 2025
ހޯދާ