ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

މިކޯޓުގައި ހުރި ލަކުޑި ކުދި ދޮރުސެޓުތަކާއި، މިކޯޓުގެ މައިދޮރާއި ދޮރުފަތް ނައްޓައި އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމަށާއި ގުދަނުގައި ހުރި ލަކުޑި ދޮރާއި ދޮރުފަތް ނައްޓައި ފައިބަރު ދޮރާއި ދޮރުފަތަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިކޯޓުގެ ނަންބަރު: L6MC-D/2015/08ފ(30 ޖުލައި 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އޮގަސްޓު 19 ވާ ބުދަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އޮގަސްޓު 23 ވާ އާދީއްތަ ދުވަހުގެ 11:00 އަށް، މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުކުރައްވާ ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

26 ޝައްވާލް 1436

11 އޮގަސްޓް 2015
ހޯދާ