ދިވެހިރާއްޖެ
އިޢުލާން
ފުޓުބޯޅަ ދަނޑު އަދި ދަނޑުގެ އުތުރުން އޮންނަ ޕާކު ސާފުކޮށް ބަލަހައްޓާނޭ ފަރާތެއް ހޯދުން
މިރަށު ފުޓުބޯޅަ ދަނޑު އަދި ދަނޑުގެ އުތުރުން އޮންނަ ޕާކު 01 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 06 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ 13:00 އަށް، މަސައްކަތް ކުރުމަށް މަހަކަށް ހުށަހަޅާ އަގު ބަޔާންކޮށް ބީލަން ފޯމް ފުރިހަމަކުރައްވައި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތުގެ "މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމު" މިއަދުން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް