ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2025/034

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

އެސިސްޓަންޓް މެނޭޖަރ، ފައިނޭންސް

ޑިޕާޓްމަންޓް/ސެކްސަން:

ފައިނޭންސް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

-        އެކައުންޓްސް ރިސީވަބަލް ޕްރޮސެސް މެނޭޖްކުރުން

-        ކަސްޓަމަރުންގެ އެކައުންޓްތައް ރިކޮންސައިލްކޮށް، އެއްވެސް ތަފާތެއް ވާނަމަ އެކަން ހައްލުކުރުން

-        އެކައުންޓްސް ރިސީވަބަލް ރިޕޯޓްތައް ތައްޔާރުކޮށް ތަޙުލީލުކުރުން

-        ކަސްޓަމަރުންނާ ގުޅައި ޕޭމަންޓްއާ ބެހޭ އަޕްޑޭޓްތައް ހޯދުން

-        ބޭނުންވާ ކްރެޑިޓް މެނޭޖްމަންޓް ރިޕޯޓުތައް ތައްޔާރުކުރުން

-        ދަޢުވާ ކުރަންޖެހޭ ކަސްޓަމަރުންނަށް ފޮނުވަންޖެހޭ ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން

-        ކްރެޑިޓް ކޮމިޓީގެ މަސައްކަތްތައް

-        ރިސްކް މެނޭޖްމަންޓް

-        ފީސިބިލިޓީ އެނަލިސިސް ހެދުން

-        މާލީ ސްޓްރެޓެޖީތައް އެކުލަވާލުން

-        ޓްރެޜަރީ މެނޭޖްމަންޓް ކުރިއަށް ގެންދާނެ ފައިނޭންސިންގ ފުރުސަތުތައް ހޯދުން

ޝަރުތުތައް:

-        ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ ނުވަތަ ސީމާ (CIMA)/ އޭސީސީއޭ (ACCA) އާ އެއްފެންވަރުގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން

-        މަސައްކަތުގެ ދާއިރާއިން 3 އަހަރުގެ ތަޖްރިބާ ލިބިފައިވުން އަދި އެކައުންޓްސް ރިސީވަބަލް އާއި ކަލެކްޝަން ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ.

-        ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތެއް ކަމުގައިވުމާއި ކަޑައެޅޭ ވަގުތަށް/މުއްދަތަށް މަސައްކަތް ނިންމުން

-        SAP (ފައިނޭންސް މޮޑިލއުލް) ބޭނުން ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެވެ.

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

 

 

 

މަޤާމް:

އޮފިސަރ، ފައިނޭންސް

ޑިޕާޓްމަންޓް/ސެކްސަން:

ފައިނޭންސް

ބޭނުންވާ ޢަދަދު:

03

މަސައްކަތުގެ ބާވަތް:

-        ކަސްޓަމަރުންގެ އެކައުންޓްތަކުގެ ރީކޮންސިލިއޭޝަން ހެދުމާއި ދުވަހުން ދުވަހަށް ބޭންކް ރިކޮންސިލިއޭޝަންތައް ކުރިއަށް ގެންދިއުން

-        ކްރެޑިޓް ކަސްޓަމަރުންގެ އެކައުންޓްތައް މޮނިޓަރކޮށް ބެލެހެއްޓުން

-        ކަސްޓަމަރުންގެ ސްޓޭޓްމަންޓްސް ހަފްތާއަކު އެއްފަހަރު ފޮނުވުން

-        ކަސްޓަމަރުންނާ ގުޅައިގެން ޕޭމަންޓްތަކުގެ އަޕްޑޭޓް ހޯދުން

-        ބޭނުންވާ ކްރެޑިޓް މެނޭޖްމަންޓް ރިޕޯޓްތައް ތައްޔާރުކުރުން

-        ގިނަ ދުވަހު ނުދައްކާ ހުރި ބެލެންސް ސްޓޭޓްމަންޓްތައް ތައްޔާރުކޮށް، ކަސްޓަމަރުންނަށް ރަސްމީ ނޯޓިސް ފޮނުވުން

-        ދަޢުވާ ކުރަންޖެހޭ ކަސްޓަމަރުންނަށް ފޮނުވަންޖެހޭ ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން

-        ކަސްޓަމަރުންގެ އެއްބަސްވުންތައް ތައްޔާރުކުރުން

-         ކްރެޑިޓް ކަސްޓަމަރުންގެ އެއްބަސްވުންތަކުގެ މުއްދަތު ހަމަވުމުން ކަސްޓަމަރުންނަށް އެންގުމާއި، ކްރެޑިޓް އާކުރުމަށް ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.

-        ވެންޑަރުންނަށް ޕޭމަންޓްތައް ދޫކުރުން

-        ޞައްޙަކަމާއިއެކު ޕޭމަންޓް ޕްރޮސެސްކުރުން

-        ސިޔާސަތާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމުގެ ކަންކަން ވަގުތުން ނިންމާފައިވާކަން ކަށަވަރުކުރުން

-        ފައިސާ ދެއްކުމުގެ ރެކޯޑްތައް ބެލެހެއްޓުން

ޝަރުތުތައް:

-        ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން އަދި އެކައުންޓިންގ ނުވަތަ އެއާ ގުޅުންހުރި މާއްދާއެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-        ACCA,CIMA,CAT,AAT ކޯހުގެ ފުރަތަމަ ސްޓޭޖް ގެ ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެވެ.

-        ދިވެހި އަދި އިންގިރޭސިން ފަރިތަކަމާއެކު ލިޔަން ކިޔަން އެނގުން.

-        މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

-        SAP (ފައިނޭންސް މޮޑިލއުލް) ބޭނުން ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެވެ.

-        އެކައުންޓްސް އަދި ފައިނޭންސް ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ.

-        ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތެއް ކަމުގައިވުމާއި ކަޑައެޅޭ ވަގުތަށް/މުއްދަތަށް މަސައްކަތް ނިންމުން

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 23 މާރިޗް 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

17 މާރިޗް2025

 

 

17 މާރިޗު 2025
ހޯދާ