ދިވެހިރާއްޖެ
ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ އޭ.ޓީ.އެމް އެކްސްޕޭންޝަން ޕްރޮޖެކްޓްގެ ދަށުން ނަޑެއްލާގައި އޭ.ޓީ.އެމްއެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)418-AS/418/2025/8އިޢުލާން، މި ޕްރޮޖެކްޓުގެ ސްކޯޕަށް ކޮންމެހެން ގެންނަން ޖެހުނު ބަދަލަކާއި ގުޅިގެން ބާޠިލުކޮށް މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު މި އިޢުލާނާއިއެކު ޢާއްމުކުރެވިފައިވާނެއެވެ. މި އިޢުލާނާއި ގުޅިގެން ކޯޓޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 19 މާރިޗް 2025 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓްރީކޮށް 19 މާރިޗް 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުން އެދެމެވެ.
- ރެޖިސްޓްރޭޝަން ގޫގަލް ފޯމް ލިންކް:https://forms.gle/7NM3SSE8uSKgRH3J7
- މަސައްކަތާއިގުޅޭ މަޢުލޫމާތު: https://tinyurl.com/2ucuw3wd
19 މާރިޗް 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ނަޑެއްލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި މެއިލްގެ ޒަރިއްޔާއިން ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ޕްރޮކިއުމެންޓް މެއިލް: [email protected] އަށް ކޯޓޭޝަން މެއިލްކޮށްދެއްވުން އެދެމެވެ.
ނޯޓް: މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.