ދިވެހިރާއްޖެ
ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މިދާއިރާއިން މީހުން ބިނާކުރުމުގެ މަޤްސަދުގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ސުރުޚީގައި ދަންނަވާފައިވާ ޕްރޮގްރާމްގެ ދަށުން ފަރުމަސް އާލާކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް އެމް. އެމް. އާރ. އައި. އިން މި އަހަރު ހިންގާ ފުރަތަމަ ކޯސް، 26 އޭޕްރިލް 2025 އިން 8 މެއި 2025 ގެ ނިޔަލަށް، (14 ދުވަހުގެ މުއްދަތަށް) ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ފުރުޞަތު 15 ފަރާތަކަށް އަމާޒުކޮށް، ކ. މަނިޔަފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މިކޯހަކީ އަސާސީ މެރިކަލްޗަރ ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ ކޯހެކެވެ.
ވީމާ، މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޭޕްރިލް 2025 ވަނަ ދުވަހުގެ 14.00ގެ ކުރިން މި އިޢްލާނާ އެކު އެއްކަރުދާސްކޮށްފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާ އެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ. ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މެރިން ރިސަރޗް އިންސްޓިޓިއުޓުގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.
ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްކުން ނަންބަރު 3322242، 9555373 ފޯނަށް ގުޅުއްވުން އެދެމެވެ.