މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ރިސަރޗު އެނަލިސްޓު

 (IUL)10-C/10/2025/31:ނަންބަރު

އިޢުލާނު

 

މަޤާމު:

ރިސަރޗު އެނަލިސްޓު

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (12 މަސް ދުވަހުގެ މުއްދަތަށް)

މަޤާމުގެ ރޭންކު:

-

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ / ޕޮލިސީ، ޕްލޭނިންގ އެންޑް ރިސަރޗް ސެކްޝަން/ ކ.މާލެ

މުސާރަ:

25000.00 ރުފިޔާ

ސަރވިސް އެލަވަންސް:

-

އެހެނިހެން އެލަވަންސް:

-

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ ކަރުދާސްތައް އެކުލަވާލުން

  • ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރާ ކަރުދާސްތައް އެކުލަވާލުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން .
  • މިނިސްޓްރީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލް ކައުންސިލް، އިކޮނޮމިކް ކައުންސިލް އަދި ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށަހަޅާ ކަރުދާސްތަކާ ގުޅިގެން ހަދަންޖެހޭ ދިރާސާތައް ކުރުން.
  • ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަރުދާސް އެކުލަވާލުން.

2. ޕްލޭންތައް އެކުލަވާލާ ތަންފީޒުކުރުން

  • ހޯމްލޭންޑް ސެކްޓަރގެ ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި އެކުލަވައިލަންޖެހޭ ސްޓްރެޓެޖީތަކާއި، ޕްލޭންތަކާއި ކޮންސެޕްޓްތައް ސެކްޓަރގެ އިދާރާތަކާއި ގުޅިގެން އެކުލަވާލުން.
  • މިނިސްޓްރީގެ 5 އަހަރުގެ ސްޓްރެޓިޖިކް އެކްޝަންޕްލޭން ތައްޔާރުކުރުމަށް ފަންނީ ލަފާ ދީ ޕްލޭންތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
  • މިނިސްޓްރީގެ 5 އަހަރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންއާ އެއްގޮތައް މިނިސްޓްރީގެ އަހަރީ އެކްޝަން ޕްލޭން އެކުލަވާލުން.
  • ހޯމްލޭންޑް ސެކްޓަރގެ މަސައްކަތްތަކާއި ގުޅިގެން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެކިއެކި ކައުންސިލްތަކުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލުން.
  • މިނިސްޓްރީއިން ހިންގުމަށް ރާވާ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް އެކަށައެޅުމަށް ބޭނުންވާ ފަންނީ ލަފާ އެރުވުން.
  • މިނިސްޓްރީން އަހަރު ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ތަންފީޒުކުރެވޭ މިންވަރު ކުއަރޓާލީކޮށް މޮނިޓަރ ކޮށް ވަޒަންކުރުން.
  • މިނިސްޓްރީން މުޅި އަހަރަށް ކަނޑައެޅި ލަނޑުދަނޑިތައް ހާސިލްވެފައިވާ މިންވަރު ވަޒަންކޮށް އެނުއަލް ޕްރޮގްރެސް ރިޕޯޓް ތައްޔާރުކުރުން.
  • ސަރުކާރުގެ ސްޓްރެޓީޖީކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ މިމިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ލަނޑުދަނޑިތަކާއި ޚަރަކާތްތައް ހާޞިލްވާ މިންވަރު ބަލައި މޮނިޓަރކުރުމާއި، އެ މަޢުލޫމާތު ތައްޔާރުކޮށް ކަމާ ގުޅޭ ފަރާތްތަކާ ހިއްސާކުރުން.
  • މަތީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ޕަބްލިކް ޕޮލިސީ / ޕޮލިޓިކަލް ސައިންސް / ޕޮލިސީ ސްޓަޑީސް / ޑިވެލޮޕްމަންޓް ސްޓަޑީސް / ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް / ސެކިއުރިޓީ ސްޓަޑީސް / އިންޓަނޭޝަނަލް ރިލޭޝަންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  2. މަތީގައިވާ މަސައްކަތްތަކުގެ ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔެކިޔުންތައް ފަރިތަކަމާއެކު ޑްރާފްޓްކުރުމާއި ކޮމެންޓްކުރުމާއި އަދި މުޢާމަލާތްކުރަން އެނގުން.
  4. މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެwww.mohst.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ނުވަތަ ޕްރޮފައިލް (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ތައުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ.

   - އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ.

 4. ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މި މަޤާމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާނަމަ މަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުންތައް:

   - ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މިފަދަ މަސައްކަތްތައް ކޮށްދީފައިވާ ކަމުގެ މުއްދަތު އެނގޭގޮތަށް އެންމެ މަދުވެގެން 5 ލިޔުން ހުށަހަޅަންވާނެ.

   - މި ލިޔުންތައް ހުށަނާޅާ ފަރާތްތަކަށް ތަޖުރިބާގެ ބަޔަށް ޕޮއިންޓް ނުދެވޭނެ.

   - މަސައްކަތް ޙަވާލުކޮށްފައިވާ އެއްބަސްވުންތައް ތަޖުރިބާގެ ގޮތުގައި ނުބެލެވޭނެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.
  2. ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތްކުރަން ރަނގަޅަށް އެނގޭ ފަރާތަކަށްވުން.
  3. މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަ ފަރާތަކަށްވުން.
  4. ތަޢުލީމީ ފެންވަރާއި ތަޖުރިބާ %50
  5. އިމްތިޙާނާއި އިންޓަރވިއު 50%

މަސައްކަތު ގަޑި

ސަރުކާރު ބަންދުނޫން ދުވަސްތަކުގައި 08:00 އިން 15:00 އަށް (މީގެ އިތުރުންވެސް ދިމާވާ ޙާލަތަކާ ގުޅިގެން ކޮންސަލްޓަންޓްގެ ޚިދުމަތް ބޭނުންވެއްޖެ ހިނދެއްގައި ކޮންސަލްޓަންޓްގެ ޚިދުމަތް ދިނުން)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޭޕްރީލް 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އޮންނާނީ، 2025 އޭޕްރީލް 16 އާއި 24 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3031543ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"  (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

17 ރަމަޟާން 1446

17 މާރިޗު 2025
ހޯދާ