ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL)386/386/2025/30
އިޢުލާން
ތ. ބޮޑުފިނޮޅު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބޮޑުފިނޮޅު، 31 ޑިސެންބަރު 2025 ގެ ނިޔަލަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އެދި މިކައުންސިލްގެ އިޢުލާން ނަންބަރު (IUL)386/386/2025/22 އާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގައިވާ އަގު ބޮޑުކަމަށް ފެންނާތީ، 1 މޭ 2025 އިން 31 ޑިސެންބަރު 2025 ގެ ނިޔަލަށް މިކަން ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މިކަމަށް ދެވޭ މަޢުލޫމާތު ކަރުދާސް އަދި އަންދާސީހިސާބު ހުށަހަޅުއްވާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
ބީލަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 10 އެޕްރީލް 2025 ވަނަ ދުވަހުގެ 10:15 ގައި މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 6780715 ނަންބަރަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 ރަމަޟާން 1446
17 މާރިޗު 2025