ދިވެހިރާއްޖެ
އިޢުލާން
ނ. މަނަދޫ މަސްޖިދުލް ރިޟްވާންގައި ސޯލާރ ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ނ.މަނަދޫ މަސްޖިދުލް ރިޟްވާންގައި ސޯލާރ ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)294-D/294/2025/8 އިޢުލާން އާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ބައެއް މަޢުލޫމާތު ފުރިހަމަ ނުވާތީ ، މި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރައްވާ ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ރަޖިސްޓްރީ ކުރުން |
17 މާރިޗް 2025 އިން 19 މާރިޗް 2025 |
|
08:00 އިން 13:00 އަށް |
އީމެއިލް : [email protected] ފޯން: 6560029 |
ބިޑް ހުށަހެޅުން |
17 އެޕްރީލް 2025 |
ބުރާސްފަތި |
13:15 |
ނ.މަނަދޫ ކައުންސިލް އިދާރާ |
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ، (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ) ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަންބަޔާންކޮށް ސިޓީއެއް އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާއިރު ގެންނަވަން ވާނެއެވެ. ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 މާރިޗް 2025