ދިވެހިރާއްޖެ
މިރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް މިކައުންސިލުންކުރި ނަމްބަރ (IUL)325-MS/325/2025/10 ( 18 ފެބްރުއަރީ 2025 ) އިޢުލާނާގުޅިގެން ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރުމަށް 13 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަންޖެހޭކަމަށް އެއިޢުލާނާއެކު ޢާންމުކުރެވިފައިވާ ބަންޑަރާގޯތި ދޫކުރުމުގެ އުޞޫލްގެ 2025 ގެ 4 ވަނަ މާއްދާގެ ހ ގައިބަޔާންކޮށްފައިވެއެވެ. އަދި އެމާއްދާގެ ށ ގައި ވާގޮތުގެ މަތިން އެކޮމިޓީއަށް ޢާންމުންގެ ތެރެއިން 3 މެންބަރުން ހޮވުމަށްކަނޑައެޅިފައިވާތީ މިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު 09 މާރޗް 2025 ގައިވަނީ ކައުންސިލް ނަންބަރ (IUL)325-MS/325/2025/19 އިޢުލާނުން ޢާންމުކޮށް ހުޅުވާލެވިފައެވެ. އަދި ޢިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީވެ، އެއިޢުލާން ބާޠިލްކޮށް އަލުން ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
ވީމާ، 2025 ވަނައަހަރު ގެވަޅުކޮމިޓީއަށް ޢާންމުން ތަމްސީލްކުރާ ފަރާތެއްގެ ގޮތުގައި ކުރިމަތިލެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ތަޢުލީމީ ފެންވަރު އެނގޭނެ ލިޔުމަކާއެކު 07 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ 12.00 ގެ ކުރިން މިކައުންސިލަށް ސިޓީ ފޮނުއްވުންއެދެމެވެ. މިފަހަރު ބަންޑާރަ ގޯއްޗަށް ކުރިމަތިނުލާ 18 އަހަރު ފުރިފައިވާ ގޮއިދޫގެ ކޮންމެ ރައްވެއްސަކަށްވެސް މިކޮމިޓީއަށް ކުރިމަތި ލެވިދާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.