މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ބެހެއްޓިފައިވާ ސޯލާ ޕެނަލްތަކުގެ ދަށުގައި ރީޓެއިލް / ޕާކިން ސްލޮޓްސް ބޭނުމަށް ތަން ބޭނުންކުރަން ލިބޭނެފަދަގޮތަށް ގާއިމްކުރުން

  1. ކައުންސިލުންދޭ މަޢުލޫމާތާއިއެއްގޮތަށް ބަނދަރު ސޯލާ ޕެނަލް ތަކުގެ ބިން ރީޓެއިލް / ޕާރކިންގް ސްލޮޓްސްއަށް ދޫކުރުމަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރި ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ އެންމެހާ ވިޔަފާރިތަކަށެވެ.
  3. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 18 މާރިޗު 2025 ން 13 އޭޕްރިލް 2025 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 13:00 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ.
  4. މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 18 މާރިޗު 2025 ން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  5. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 13 އޭޕްރިލް 2025 ވަނަދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  6. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 15 އޭޕްރިލް 2025 ވަނަދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
  7. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ

ސަލީމީހިގުން، ކ.ދިއްފުށި

ފޯން: 6640071

އީމެއިލް: [email protected]

17 މާރިޗު 2025
ހޯދާ