ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފ.ފީއަލީ ކައުންސިލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯރ ވޮލީ ކޯޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ނަންބަރު : (IUL)370-ESMS SC/370/2025/06 |
އިޢުލާން
ފ.ފީއަލީ ކައުންސިލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯރ ވޮލީ ކޯޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ފ.ފީއަލީ ކައުންސިލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯރ ވޮލީ ކޯޓްގެ މަސައްކަތް މި އިޢުލާނާއި އެކުގައި ދީފައިވާ މަޢުލޫމާތު ކަރުދާހާއި، ކުރެހުމާއި އަދި ބީ.އޯ.ކިޔުއާއި އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވިމާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފީއަލީ ކައުންސިލް އިދާރަގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ދެވޭ އެންމެ ފަހު މުއްދަތަކީ 09 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ނިޔަލަށެވެ. އެގޮތުން ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު، ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ފަހު ސްލިޕް/ރަޝީދާއެކު މިއިދާރާގެ އީމެއިލް އެޑްރެހަށް [email protected] އަށް ފޮނުވަންވާނެއެވެ. ނުވަތަ މި އިދާރާގެ ކައުންޓަރަށް ހަވާލްކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީ އާއި ގުޅޭ މަޢުލޫމާތު މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.
- މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 08 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށެވެ. އަދި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ ގުޅުއްވާނީ 6740012 / 7666594 / 9992798 އަށެވެ.
- ބިޑް ހުޅުވުން އޮންނާނީ 16 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 11:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންންތައް އަދި މި ބީލަމުގައި މިއިދާރާގައި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
16 މާރިޗް 2025
16 I 1446
ޚާދިމްކުމް
މޫސާ އަޙްމަދު
ފީއަލީ ކައުންސިލްގެ ރައީސް
16 މާރިޗު 2025
ހޯދާ