ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯއްދުން

މި ސްކޫލަށް އިތުރުކުރެވުނު 243 ފޫޓު 75 ފޫޓުގެ ބިމުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯއްދުން

މި ސްކޫލަށް އަލަށް އިތުރުކުރެވުނު 243 ފޫޓު 75 ފޫޓުގެ ބިމުގައި 5 ފޫޓު އުސްމިނަށް ވަށާފާރު ރާނަން ބޭނުންވެގެން ކުރެވުނު ނަންބަރު GS-184/IUL./2015/16ފ(21 ޖޫން 2015)ގެ އިޢުލާނާ ގުޅިގެން އެކަމަށް އެދި އަންދާސީހިސާބު ހުށަހަޅާފައިވާ ބައެއް ފަރާތްތަކުގެ އަންދާސީހިސާބުތައް ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ އައިޑީކާޑުގެ ކޮޕީ

އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ

ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީ

އަންދާސީހިސާބު ފޯމު

އަދި މިނޫންވެސް މުހިންމު ހުރިހާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅާ ފޯމު ސްކޫލުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800744 އާ ގުޅުއްވުން އެދެމެވެ.

11 އޮގަސްޓް 2015
ހޯދާ