ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދޫ ޕޮލިސް ސްޓޭޝަންގެ މަގުފާރުގެ ކަރަންޓް ވައިރިންގ ބަދަލުކުރުން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއިދާރާގެ ނަންބަރު IUL)359-CA/PRIV/2015/12)ފ(08 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލުކޮށްފީމެވެ.      

ފެލިދޫ ޕޮލިސް ސްޓޭޝަންގެ މަގުފާރު ކަރަންޓް ވައިރިންގ ބަދަލުކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ދިނުމުން މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް ފެލިދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ތިރީގައިވާ ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ފެލިދޫކައުންސިލް އިދާރާއަށް ފޮނުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700720 ނުވަތަ 7710469 އަށެވެ.

ބިޑް ޑޮކިއުމެންޓަށް ޕޮއިންޓް ދެވޭ ގޮތްތައް:

  • ހުށަހަޅާ އަގަށް ދެވޭ އެންމެ މަތީ އިންސަތައަކީ %50 އެވެ.
  • މަސައްކަތް ނިންމަން ހުށަހަޅާ މުއްދަތަށް %30 އެވެ.
  • ކުންފުނި/ ހުށަހަޅާ ފަރާތުގެ މަސައްކަތުގެ ތަޖުރިބާ (މިހާތަނަށް ނިންމާފައިވާ މަސައްކަތްތައް) %20 އެވެ.

އަންދާސީހިސާބު ހުށަހެޅުން

  • އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފެލިދޫ ޕޮލިސް ސްޓޭޝަންގެ މަގުފާރު ކަރަންޓް ވައިރިންގ ބަދަލުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެއިތުރުން މިއިދާރާގެ ނަންބަރު 6700720 ފެކްސްއަށާއި [email protected] މެއިލަށް ފޮނުވާ އަންދާސީހިސާބުވެސް ބަލައިގަނެވޭނެވާހަކަ ދަންނަވަމެވެ.

26 ޝައްވާލް 1436

11 އޮގަސްޓް 2015
ހޯދާ